ފޮރިން މިނިސްޓަރު ހަލީލް ޖަޕާނު ސަފީރާއި ބައްދަލުކުރައްވައިފި

Advertisement

އެންމެ ފަސް

Advertisement

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޓަކެއުޗީ މިޑޮރީއާއި މިއަދުު ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ހަލީލް ޖަޕާނުގެ ސަފީރު ޓަކެއުޗީ މިޑޯރީ އާއި މިއަދު ބައްްދަލުކުރެއްވި ކަމަށެވެ.

ރާއްޖެއަށް ޖަޕާނުން ދޭ ވަރުގަދަ އެއްބާރުލުން ފާހަގަކުރައްވާ، މިހާރު ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ބައިލެޓަރަލް ގުޅުން އިތުުރަށް ވަރުގަދަ ކުރެއްވުމަށް މިނިސްޓަރު މަޝްވަރާ ކުރެއްވި އެވެ.

ޖަޕާނު މިއީ ދާދި ފަހުން ފޮރިން މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގަތް މިނިސްޓަރު ހަލީލް ޒިޔާރަތްކުރެއްވި ތިން ވަނަ ގައުމެވެ. މިއަދު މިނިސްޓަރު ހަލީލް ވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވަންގް ލީ ޝިންއާއިވެސް ބައްދަލުކުރައްވާފަ އެވެ. އޭގެ ކުރިން މިނިސްޓަރު ބައްދަލުކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރްއާއި އެވެ.

ރާއްޖެ - ޖަޕާން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ