މާފުށީ ޖަލުގައި ހުއްޓާ ދަންޖެހިގެން މަރުވި ގ. އެއްތެޔޮމާގޭ އަބްދުލް ޣަނީ އިސްމާއީލް (62)ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު، އޭނާގެ ހަށިގަނޑު ރާއްޖެގެނެސް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އަބްދުލް ޣަނީގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
ފުލުހުން މިއަދު ބުނީ، ޕޯސްޓް މޯޓަމް ހެދުމަށް ފަހު އިއްޔެ އޭނާގެ ހަށިގަނޑު މާލެ ގެނެސް އާއިލާ ހަވާލުކޮށްފައިވާ ކަމަށާއި، އިއްޔެގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު ވަޅުލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އޭނާއަކީ އުމުރުން 15 އަހަރުގެ ކުޑަކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.
މި ހާދިސާއާ ގުޅިގެން ނޭޝަނަލް އެންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ޓީމެއް ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ.
ނޭޝަނަލް އެންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ދިވެހި ފުލުހުންގެ ޚިދުމަތް