ޑިވެލޮޕްމެންޓް ބޭންކަށް ލައިސެންސް މި ހަފްތާ ތެރޭގައި ލިބޭނެ: މުނައްވަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ޑިވެލޮޕްމެންޓް ބޭންކަށް ބޭނުންވާ ލައިސެންސް އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ދައުލަތުގެ މީޑިއާ އިން ދެއްކި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވިދާޅުވީ ރިސާޗް ވޯކް ރިލެޓެޑް ލައިސެންސް ނިމި އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި ހަފްތާގެ ތެރޭގައި ޑީބީއެމްއަށް ލައިސަންސް ދޫކުރާނެ ކަމަށާއި ވަރަށް އަވަހަށް ޑީބީއެމްގެ އޮޕަރޭޝަންތައް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މުނައްވަރު ވަނީ ރާއްޖޭގެ ބޭންކިން ނިޒާމަށް މާލީ އިދާރާތަކުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، މިހާރު އޮތް ބޭންކިން ނިޒާމަކީ ފަތުރުވެރިކަން ކުރިއެރުވުމަށް ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށް ފައިނޭންސް ކުރުމުގެ ގާބިލްކަން ނެތް ނިޒާމެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑީބީއެމްގެ އިތުރުން މުނައްވަރު ވަނީ ބޭންކިން ނިޒާމުގެ ގާބިލްކަން އިތުރުކުރުމުގެ މަގުސަދުގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ގާއިމްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އެވާހަކަ ތަފްސީލު ކުރައްވަމުން މުނައްވަރު ވިދާޅުވީ ބައިނަލްއަގްވާމީ މާލީ އެހީތެރިކަމަށް ބަރޯސާވުމުގެ ބަދަލުގައި، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއިން މަޝްރޫއުތަކަށް ފައިނޭންސް ކުރެވޭނެ ކަމަށެވެ. އެމްއެމްއޭ އިން މި ހަފްތާގައި ޑީބީއެމް އަށް ލައިސެންސް ދޫކުރާއިރު، ބޭންކުގެ އިންފްރާސްޓްރަކްޗަރަލް ތަރައްގީގެ މަސައްކަތްތައް ކުރިއަށް އެބަދެ އެވެ.

ޑީބީއެމް ތަރައްގީ ކުރަން ސަރުކާރުން ނިންމީ، މި ބޭންކް އުފެއްދުމުގެ އަސާސީ މަގްސަދަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދެމެހެއްޓެނިވި އިޖްތިމާއީ އިގްތިސާދީ ތަރައްގީއަށް އިންވެސްޓްމަންޓްތައް ފަހިކޮށްދިނުމަށެވެ. މި ބޭންކު އުފެއްދުމުގެ އިތުރު އަމާޒަކީ ސިންޑިކޭޓެޑް ފައިނޭންސިން މެދުވެރިކޮށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްސް (ޕީއެސްއައިޕީ) އަށް ފައިސާ ދިނުމުގައި ހުރި ގޮންޖެހުންތައް ލުއިކޮށްދީ، ރާއްޖޭގެ ބޭންކިން ނިޒާމު މެދުވެރިކޮށް ބޭރު ފައިސާ ވަންނާނެހެން ދުނިޔޭގެ އިންވެސްޓަރުން ރާއްޖެއާއި ދޭތެރޭ ޝައުގުވެރި ކުރުވުމެވެ.

އެމްއެމްއޭ އެމްއެމްއޭގެ ގަވަރުނަރު ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ