އަންނަން އޮތް ޖީލުތަކަށްޓަކައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ހިމާޔަތްކޮށް ކުރިއެރުވުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖެ ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލަކަށް ހަދާފައިވާ މައިގަނޑު ތިން ސަބަބެއް ކަމުގައިވާ ދިވެހި ސަގާފަތާއި، ހިތްގައިމު ގުދުރަތީ ރީތިކަމާއި، އޯގާތެރި މެހެމާންދާރީ މި ދުވަހުގައި ފާހަގަކުރާ ކަމަށެވެ.
”އަންނަން އޮތް ޖީލުތަކަށްޓަކައި އަޅުގަނޑުމެންގެ ތަފާތު ފަތުރުވެރިކަމުގެ ސިނާޢަތު ހިމާޔަތްކޮށް ކުރިއެރުވުމަށް އެކުގައި މަސައްކަތް ކުރަމާ ހިނގާ،“ މިނިސްޓަރ ފައިސަލް ވިދާޅުވި އެވެ.
އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، [ޤައުމީ ފަތުރުވެރިކަމުގެ ދުވަސް] ކަމުގައި ހަމަޖެއްސީ 2021 ވަނަ އަހަރު އެވެ. އެގޮތަށް ހަމަޖެއްސީ، ރާއްޖޭގައި ޓޫރިސްޓް ރިޒޯޓެއް ފުރަތަމަ ހުޅުވުނު ދުވަހަކީ، އޮކްޓޫބަރު މަހެއްގެ 3 ވަނަ ދުވަސްކަމަށްވާތީ އެވެ. އަދި ޤައުމީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެއް ނެތަތީވެ އެވެ. މިއީ 1972 ވަނަ އަހަރު ދިވެހިރާއްޖޭގައި ފަތުރުވެރިކަން ފެށުނު ދުވަހެވެ.
މިއަދު ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލެވެ.
ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ފަތުރުވެރިކަން