އިގްތިސޯދީ ހާލަތު ދަށްވުމުން އިސްލާމީ މަރުކަޒުގެ މަސް ފެންގަނޑު މަރާމާތު ނުކުރަން ނިންމައިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އެގޮތުން، އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭތީ މަސްފެންގަނޑެއް ހަދަން އިސްލާމިކް މިނިސްޓްރީން އިއުލާނުކުރީ އިއްޔެ ހަވީރެވެ.
އެހެންނަމަވެސް، މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި މިނިސްޓަރ ޝަހީމް ވިދާޅުވީ، މި ވަގުތު އެ ބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ވަގުތަކަށް ނުވާ ކަމަށެވެ.
ޝަހީމް ވިދާޅުވީ، އެ މަސްފެންގަނޑަކީ މަރުކަޒު ބިނާކުރި އިރުން ފެށިގެން މުންނާރު ތިރީގައި އޮތް ފެންގަނޑެއް ކަމަށާއި، އެތަން މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެކުރި އިއުލާނުގައި ބުނެފައިވަނީ، އެ މަސްފެންގަނޑު ހަދަން ބޭނުންވަނީ އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ ކަމަށާއި މަސް ފެންގަނޑު ތައްޔާރު ކުރަން ބީލަން ހުށަހެޅުމަށް ހުޅުވާލީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް