ހުޅުމާލެ ދެވަނަ ފިޔަވަހިން ސިނާއީ ބޭނުމަށް ބިން ވިއްކަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހިން ސިނާއީ ބޭނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބިން ވިއްކުމަށް ހުޅުވާލައިފި އެވެ.

އެޗްޑީސީއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން ހުޅުވާލި 12 ބިމަކީ 3،689 އަކަފޫޓާއި 3،746 އަކަފޫޓުގެ ބިން ކަމަށެވެ.

އެޗްޑީސީއިން ބިން ވިއްކުމަށް ހުޅުވާލާފައިވަނީ ބީލަމުގެ އުސޫލުންނެވެ. ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 7،500ރ އެވެ. އަދި ކޮންމެ ފަރާތަކަށްވެސް 3 ބިން ގަނެވޭނެ ކަމަށް އިއުލާނުގައިވެ އެވެ.

ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތައް ބިން ވިއްކަން ހުޅުވާލާފައިވާ އިރު، 18 އަހަރު ވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެކަމަށް އެދި ބީލަން ހުށަހެޅޭނެ ކަމަށް އެޗަޑީސީއިން ބުނެ އެވެ. އަދި ކުންފުންޏަކުން ބީލަން ހުށަހަޅާނަމަ، އެއީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާން ޖެހެ އެވެ.

މީގެ އިތުރުން އިއުލާނުގައި ބުނީ ބިން ވިއްކުން ކުރިއަށް ދާނީ ދެ މަރުހަލާ އަކަށް ބަހާލައިގެން ކަމަށެވެ. އޭގެތެރޭގައި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ( އީއޯއައި) ހުށަހެޅުމެވެ. އަދި އެއް ބިމަކަށް އެކަކަށްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާނަމަ، ބިޑް ކުރުމެވެ.

ބީލަމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅުމަށް އެ ކުންފުނިން ވަނީ ހުޅުވާލާފަ އެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުމަށް އެ ކުންފުނިން އެދިފައިވެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ