ބޮޑުތަކުރުފާނު މަގުގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަންހެނެއްގެ ބޮލަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މީޑިއާތަކަސް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މި އެކްސިޑެންޓް ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ރޭ 22:11 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ މިއީ ބްރިޖުން ފައިބައިގެން ކޮއިމަލާ ހިނގުމަށް އެޅި ސައިކަލަކާއި ބޮޑުތަކުރުފާނު މަގުން ބްރިޖާ ދިމާލަށް ދުއްވާފައި ދިޔަ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއް ކަމަށެވެ.
މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން އަންހެނަކަށެވެ. ފުލުހުން ބުނީ އެކްސިޑެންޓްގައި އޭނާ ވިއްސައިގެންގޮސް ބޯ ޖެހިފައިވާ ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންދިޔަކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.