ޓޫރިޒަމް ހިދުމަތްދޭ ތަންތަނާއި މަނީ ޗޭންޖްކުރާ ވިޔަފާރިތަކުން އެމްއެމްއޭއިން ލައިސެންސަށް އެދެން ފުރުސަތު ހުޅުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މަނީ ޗޭންޖިން ވިޔަފާރިތަކުން ލައިސެންސަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފި އެވެ.

އިއްޔެ އެމްއެމްއޭއިން މިހެން ބުނެފައިވަނީ، ބޭރު ފައިސާގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި އެ އޮތޯރިޓީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ”މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު“ އަށް މިދިޔަ އަންގާރަ ދުވަހު އަމަލުކުރަން ފެށުމާ ގުޅިގެންނެވެ.

އެމްއެމްއޭއިން ބުނީ، އެ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު މަނީ ޗޭންޖްކުރުމުގެ ލައިސަންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގަވާއިދު (1987) މިހާރު އުވިފައިވާ ކަމަށެވެ.

މިހާރު އަމަލުކުރަން ފަށާފައިވާ ގަވާއިދުގެ ދަށުން އެމްއެމްއޭއިން ދޫކުރަނީ ދެ ބާވަތެއްގެ ލައިސަންސްއެއް ކަމަސްވެސް އެ އޮތޯރިޓީން ބުނެ އެވެ.

އެ ދެ ބާވަތުގެ ލައިސެންސަކީ:

  • ޓިއާ 1 – ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް, އެ ލައިސެންސް ދޫކުރާނީ ކުންފުނީގެ ގާނޫނުގެ ދަށުން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމަށް އުފައްދާފައިވާ ކުންފުނިތަކަށް.
  • ޓިއާ 2 – ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސެންސް, އެ ލައިސެންސް ދޫކުރާނީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓް ރިސޯޓް ހިންގަން ހުއްދަ ނުވަތަ ލައިސެންސް ލިބިފައިވާ ކުންފުނިތަކަށް.

އެ އޮތޯރިޓީއިން ލައިސަންސް ލިބިގެން އެ ވިޔަފާރިކުރާ ފަރާތްތަކުން އާ ލައިސެންސް ލިބެންދެން ކުރީގައި ދޫކޮށްފައިވާ ލައިސެންސްގެ ދަށުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެ އޮތޯރިޓީއިން ބުނެ އެވެ.

އެހެން ނަމަވެސް، އެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި ލައިސެންސަށް އެދި ހުށަހަޅާފައިނުވާނަމަ އެ ފަރާތަށް ދޫކޮށްފައިވާ ލައިސެންސް އެ މުއްދަތު ހަމަވާ ތާރީހުގައި ބާތިލުވާނެ ކަމަށްވެސް އެމްއެމްއޭއިން ބުނެ އެވެ.

އެގޮތުން، އަލަށް ލައިސެންސް ދޫކުރަން ހަމަޖެހިފައިވަނީ 50 ފަރާތަށްވުރެ އިތުރުނުވާނެ ގޮތަކަށް ކަމަށްވާއިރު އަލަށް ލައިސެންސަށް އެދޭ ފަރާތްތައް މިއަދަދަށްވުރެ އިތުރުވާނަމަ ލައިސެންސް ދޭނެ ފަރާތްތައް ކަނޑައަޅާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އެމްއެމްއޭއިން އިތުރަށް ބުނީ، އަލަށް ލައިސެންސަށް އެދި ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަަލަށް ކަމަށެވެ.

އެމްއެމްއޭ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ