ޒުވާން އުމުރުގައި ހައްޖު ކިއުގައި ނަންނޯޓްވުމަށް ޝަކީލްގެ އިލްތިމާސެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޒުވާން އުމުރުގައި ހައްޖު ކިއުގައި ނަން ނޯޓް ކުރުމަށް އަވަސްކުރުމަށް ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

ޝަކީލް މިގޮތަށް ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

މި އިންޓަވިއުގައި ވާހަކަދައްކަވަމުން ޝަކީލް ވަނީ ހައްޖު ކިއުގައި ގިނަ އަހަރުތަކެއް ވަންދެން ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށް އަވަހަށް ހައްޖުވުމުގެ ފުރުސަތު ނުލިބުމުގެ މައްސަލައަށް ވާހަކަދައްކަވާފަ އެވެ. ރާއްޖެއަށް އަހަރެއްގެ މައްޗަށް ލިބެނީ 1000 ހައްޖު ކޯޓާ އެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ގެއްލިފައި ވެއެވެ. ޝަކީލް މިގޮތަށް ވިދާޅުވެފައިވާއިރު އާންމުކޮށް ރާއްޖޭގައި ހައްޖުގެ އަޅުކަން އަދާކުރައްވަން ގިނަ މީހުން ކިއުގައި ނަން ނޯޓް ކުރަނީ މެދު އުމުރުގައި ކަން ފާހަގަކޮށްލަން ޖެހެ އެވެ.

މިކަމަށް އިޝާރާތްކުރައްވާފައި ޝަކީލް ވަނީ ޒުވާން އުމުރުގައި ހައްޖު ކިއުގައި ޖެހުމަށް އިލްތިމާސް ކުރައްވާފަ އެވެ.

”ކިއު ދިގޭ ކިޔާފައި މަޑުކުރުމަކުން ފައިދާއެއް ނުވާނެ. ޖާގަ ކަށަވަރު ކުރުމުން އިވެންޗުއަލީ ވަކި ހިސާބަކުން އެބޭފުޅާގެ ޖާގަ ކަށަވަރުވާނެ. އެހެންވީމާ އަޅުގަނޑުމެން އޭތި ޕްރޮމޯޓް ކުރަމުން މި އަންނަނީ“

ޝަކީލް މައުލޫމާތު ދެއްވި ގޮތުގައި ހައްޖުގެ އަޅުކަމާއި ބެހޭގޮތުން ހޭލުންތެރިކުރުވުމަށް އާންމުންނާއި ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ހައްޖު ކޯޕަރޭޝަނުން ވަނީ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ފަށާފަ އެވެ. ރަށްރަށުހެ ކައުންސިލުތަކުންވެސް މި ޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކުރެއްވި ކަމުގައި ޝަކީލް ވިދާޅުވި އެވެ. ސަރުކާރު މުވައްޒަފުންގެ މުސާރައިން ވަކި ވަރެއް ހައްޖުގެ އަޅުކަމަށް ކަނޑާކަން މީގެ ކުރިން ނޭނގޭ ކަމަށް ކައުންސިލުތަކުން ބުނެފައިވާ ކަމަށް ޝަކީލް ހާމަކުރި އެވެ. ހައްޖު ކޯޕަރޭޝަނުން މި ފުރުސަތު ފޯރުކޮށްދީފައިވާކަން މީގެ ކުރިން ނާންގާ ކަމުގައި އެބޭފުޅުން ވިދާޅުވެފައިވާ ކަން ޝަކީލް ފާހަގަކުރެއްވި އެވެ. ހައްޖު ކޯޕަރޭޝަނުން މިކަމުގައި މައުލޫމާތު އެރުވުމުން ވަރަށް ގިނަ ރަށްރަށުން މި ސްކީމްގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް ޝަކީލް ހާމަކުރެއްވި އެވެ.

ކުރިއެކޭވެސް އެެއްގޮތަށް ޝަކީލް ފާހަގަކުރެއްވި ގޮތުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއިން އެހެން ގައުމުތަކަށް ދޭ ކޯޓާގެ ތެރެއިން އެއް ބަޔަކަށް އޭގެ ބޭނުން ނުހިފިއްޖެ ހާލަތެއްގައި އިތުރުވާ ކޯޓާ ރާއްޖެއަށްވެސް ލިބުމުގެ ފުރުސަތު އޮވެދާނެ އެވެ.

ކޮވިޑްގެ ދުވަސްވަރުގެ ކުރިން ފެށިގެން ހައްޖަށް ދާން ފައިސާ ދައްކާފައިވާ 3000 އެއްހާ މީހުން ހައްޖަށް ދިއުމުގެ ކިއުގައި އެބަތިބި ކަމަށް މީގެ ކުރިން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރެއްވި އެވެ. އަދި ރާއްޖެއަށް މިވަގުތު ލިބެނީ އަހަރަކަށް 1000 ހައްޖު ކޯޓާ ކަމަށާއި، މި އަދަދު އިތުރު ކުރުމަށް ސަރުކާރުން ސައުދީއާއިއެކު މަޝްވަރާ ކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ހައްޖު ކިއު ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ސައުދީ އަރަބިއްޔާގެ ސަރުކާރާއިއެކު މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ