ޕާޓީތަކުން ވަކިވެވޭނީ އިލެކްޝަންސް ކޮމިޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށްގެން ކަމުގައި އީސީ އިން އިއުލާންކޮށްފި އެވެ.
މާދަމާއިން ފެށިގެން، އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުން ވަކިވުމަށް އެދި ހުށަހަޅާނީ، އެކޮމިޝަނުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށްގެން ކަމަށް އީސީ އިން ބުނެފައި ވެއެވެ.
މިއީ އާންމުންނަށް މި މަރުހަލާ ފަސޭހަކޮށްދިނުމަށް ކޮމިޝަންތަކުން ދާދިފަހުން ކުރި މަސައްކަތުގެ ބައެކެވެ.
މިދިޔަ މަހުގެ ފަހުކޮޅު ކޮމިޝަނުން ސިޔާސީ ޕާޓީގެ ގަވާއިދަށް ގެނައި ނުވަ ވަނަ އިސްލާހުގައި ވަނީ ޕާޓީތަކުން އެދި ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ވަކިވަކި ފަރުދުން ސިޔާސީ ޕާޓީގެ ރަޖިސްޓްރީން ވަކިކުރަން ލާޒިމްކޮށްފަ އެވެ.
އެ ޕާޓީއަށް އެކަން ނުކުރެވިއްޖެނަމަ އެ ފަރުދަކަށް އީސީއަށް ޝަކުވާ ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމަށާއި އެކަން ހަމަޖެއްސޭނެ ކަމަށް ވެސް ގަވާއިދުގައި އިތުރަށް ބުނެފައިވެ އެވެ.