މާދަމާ މާލޭގެ ތިން އަވަށަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

Advertisement

އެންމެ ފަސް

Advertisement

މާދަމާ ހެނދުނު މާލޭގެ ތިން އަވަށަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާކަމެއްކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލޭގެ މީޑިއަމް ވޮލްޓޭޖް ޑިސްޓްރިބިއުޝަން ގްރިޑް ނެޓްވޯކްގެ ކެޕޭސިޓީ އިތުރުކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

 

 

އެހެންކަމުން މާދަމާ ހެނދުނު 6:00 އާއި 6:30 އާ ދެމެދު އަދި 9:45 އާއި 10:15 އާއި ދެމެދު މާފަންނު، މައްޗަންގޮޅި އަދި ގަލޮޅުން ކަރަންޓު ކެނޑުކަމީ އެކަށީގެންވާކަމެއްކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

ސްޓެލްކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ