މޯލްޑިވިސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އަށް މިހާތަނަށް 1333 ސަނަދެއް ”ވެލިޑޭޓް“ ކޮށްފައިވާާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
އެގޮތުން، މި އަހަރުގެ މިހާތަނަށް އެމްކިއުއޭއަށް ޖުމްލަ 1621 ސަނަދެއް ’ވެލިޑޭޓް‘ ކުރުމަށް ހުޅަހަޅަފާއިވާ ކަމަށް އެމްކިއުއޭއިން ބުނެ އެވެ.
ކޮލިފިކޭޝަން ރިކޮގްނިޝަންގެ ޚިދުމަތަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކުންނާއި ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކުން ދަރިވަރުން ހާޞިލްކޮއްފައިވާ ސަނަދުތަކަކީ އެމްކިޔުއޭ އިން ކަނޑައަޅާފައިވާ އެމްއެންއެފްކިޔު ލެވެލްއަށް ފެތޭ ސަނަދެއްކަން ކަށަވަރުކުރުމުގެ ގޮތުން ދެވޭ ޚިދުމަތެކެވެ.
އެގޮތުން، ދަރިވަރުން ’ވެލިޑޭޓް‘ ކުރުމަށް ނުވަތަ ޕްރޮގްރާމެއްގެ ފެންވަރު ކަނޑައެޅުމުގެ ޚިދުމަތަށް އެދި އެމްކިޔުއޭއަށް ސަނަދެއް ހުށަހެޅުމުން އެ އިދާރާ އިން އެ ސަނަދެއްގެ ލެވެލް ބަލައި ޗެކްކުރުމަށްފަހު، އެ ސަނަދެއްގެ ލެވެލް އިނގޭ، އެމްކިޔުއޭގެ ތައްގަނޑު ހިމެނޭ ލިޔުމެއް ދަރިވަރާއި ހަވާލުކޮއްދެވޭ ކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.
ދިވެހިރާއްޖޭގެ ތަޢުލީމީ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭގެ ޔުނިވާސިޓީތަކުގައި ބޭރުގެ ދަރިވަރުން ތަޢުލީމު ހާޞިލުކުރުމަށް ރާއްޖެ އަންނާނެ ފަދަ ހަރުދަނާ ތަޢުލީމީ ނިޒާމެއް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.