ސްޓެލްކޯ އިން 36،825 ގަސް އިންދައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން 36،825 ގަސް އިންދައިފި އެވެ.

ސްޓެލްކޯ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ސަރުކާރުގެ ”ފަސް އަހަރުން ފަސް މިލިއަން ގަސް“ އިންދުމުގެ ޕްރޮގްރާމްގެ ދަށުން 36،825 ގަސް އިންދިފައިވާ ކަމަށް ހާމަކޮށްފަ އެވެ.

ސަރުކާރުގެ ’ފަސް އަހަރުން ފަސް މިލިއަން ގަސް‘ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފަށާފައިވާ ހަރަކާތުގައި، މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ވަނީ ޖުމްލަ 36،825 ގަސް އިންދާފަ އެވެ.

މި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން ވަނީ 5 ލައްކަ ގަސް އިންދަން އަމާޒުކޮށްފަ އެވެ. ސްޓެލްކޯއިން ބުނީ މި އަމާޒަށް ވާސިލުވުމަށް މިހާރު ބާކީ 463،175 ގަސް އިންދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

2024 ވަނަ އަހަރުގެ ޖޫން މަހު މި ޕްރޮގްރާމް ފެށިފަހުން، މަހަކު ގާތްގަނޑަކަށް 9،200 ގަސް އިންދުމުގެ އަމާޒު ހިފާފައިވާ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.  60 މަސް ދުވަހުގެ ތެރޭގައި ފަސްލައްކަ ގަސް އިންދުމުގެ އަމާޒަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ފަހުމީ ވިދާޅުވި އެވެ.

މި އިސްނެގުމަކީ ޝައްކެއްވެސް ނެތްގޮތުގައި އަންނަން އޮތް ޖީލުތަކަށް ފައިދާހުރި އަދި ތިމާވެށްޓަށް ދިގުދެމިގެންދާނެ ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ސްޓެލްކޯގެ މުވައްޒަފުންނާއި، ކައުންސިލް މެންބަރުންނާއި، މުޖުތަމައަށް ދެއްވި އަގުހުރި އެއްބާރުލުމަށްޓަކައި ފަހުމީ ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުަރައްވާފަ އެވެ.

ސްޓެލްކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ