2023 ވަނަ އަހަރު ބޭންކް ތަކުން މާރުވެފައިވަނީ 68 މިލިއަން ޑޮލަރު

Advertisement

Advertisement

އެންމެ ފަސް

Advertisement

2023 ވަނަ އަހަރު ބޭންކްތަކުން މާރުވެފައިވަނީ 68 މިލިއަން ޑޮލަރު ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

މުނައްވަރު މިގޮތަށް ވިދާޅުވީ ރޭ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނެވެ.

މި އިންޓަވިއުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ 2019 ވަނަ އަހަރު ބޭންކުތަކުން 152.5 މިލިއަން ޑޮލަރު މާރުކޮށްފައިވާއިރު، 2023 ވަނަ އަހަރު މާރުކޮށްފައިވަނީ އެންމެ 68 މިލިއަން ޑޮލަރެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތުން ވަދެފައިވާ ޑޮލަރުގެ އެންމެ 3 އިންސައްތަ އެވެ. އެހެންކަމުން، ޑޮލަރު ބޭންކިން ނިޒާމުގެ ތެރެއަށް ޑޮލަރު ވެއްދޭވަރު މަދުވެފައި ޑޮލަރު މާރުކުރުންވެސް ހީނަރުވެފައި ވެއެވެ.

ނަމަވެސް، ރޭގައި ބޭރު ފައިސާގެ ގަވާއިދަށް ގެނައި އިސްލާހާއެކު، މިކަމަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމުގައި ގަވަރުނަރު ވިދާޅުވި އެވެ.

”މިބަދަލުގެތެރެއިން އުންމީދަކީ އިތުރުވެގެން ދިއުން، އަޅުގަނޑުމެންގެ ހިސާބަކީ %10 ނުވަތަ %15 ވަންނާނެ ކަމަށް. އޭގެ ނަފާ ބީއެމްއެލްއާއި ބޭންކުތަކަށް ކުރާނެ.“

ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއް 500 ޑޮލަރު އެމްއެމްއޭއަށް މާރުކުރަން މަޖުބޫރުކުރިކަން ސަރުކާރުން ހާމަކުރުމާއި ގުޅިގެން ނެވެ. ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ފަރާތުން ވަކި މިންވަރެއްގެ ޑޮލަރު މާރުކުރުން ލާޒިމްވާގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދު އެކުލަވާލައި ތަންފީޒުކުރަން ރޭ ފަށާފައި ވެއެވެ.

”ކޮންމެ ރިސޯޓަކަށް އަންނަ ޓުއަރިސްޓަކަށް 500 ޑޮލަރު. ގެސްޓު ހައުސްތަކަށް 25 ޑޮލަރު. ނިސްބަތުން ވަރަށް ކުޑަކުޑައެއްޗެއް. އެ މާރުކޮށްދެއްވީމަ، އަޅުގަނޑުމެންގެ ބޭންކުތަކަށް ދިމާވެން އުޅޭ ޑޮލަރު ދަތިކަން (ހައްލުވާނެ). މިސާލަކަށް ބީއެމްއެލްއަށް މިހާރުވެސް ބޭނުންވޭ މަހެއްގެ މައްޗަށް 13 އާއި 18 މިލިއަން ޑޮލަރު. އަޅުގަނޑުމެންގެ ވިސްނުމަކީ 40 އިންސަތައް ބޭންކުތަކައި ބަހައްޓާފައި އަނެއް 60 އިންސައްތަ އެމްއެމްއޭއަށް ގަތުން“ ގަވަރުނަރު ވިދާޅުވި އެވެ.

އެމްއެމްއޭއަށް މާރުވާ ފައިސާއިން މިހާރު ބޭންކުތަކަށް ފޮރިން އެކްސްޗޭންޖް އިންޓަވެންޝަންގެ ގޮތުގައި އަހަރެއްގެ މައްޗަށް ދެވެނީ 300 ނުވަތަ 400 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މި ބަދަލާއެކު އެ ބައި ދެގުނަ ކުރެވޭނެކަމަށް ލަފާ ކުރައްވާފައި ވެއެވެ.

”މިހާރުވެސް ވަރަށް ގިނަ ބޭފުޅުންނަށް އޮޅޭ އެއްޗެއް ފުރާކޮންމެ މީހަކަށް ބީއެމްއެލްއޭ 500 ޑޮލަރު މިދެނީ. ހަޤީޤަތަކީ އެމްއެމްއޭއިން ލިބޭ 25 އިންސައްތައިގެ ތެރެއިން މިފައިސާ ދެނީ. އެމްއެމްއޭއިން ފުރާ ކޮންމެ ރައްޔިތަކަށް 500 ޑޮލަރު ދެވޭ ކަމަށްވާނަމަ އަޅުގަނޑުގެ އުއްމީދަކީ އަޅުގަނޑުމެން ފަތުރުވެރިކަމުގެ އިންޑަސްޓްރީން އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ދިނުމަކީ ރަނގަޅު ކަމެކޭ.“ ގަވަރުނަރު ވިދާޅުވި އެވެ.

 

އެމްއެމްއޭ އެމްއެމްއޭގެ ގަވަރުނަރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ