މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ހޯދަމުންދަނީ ހދ. ނޮޅިވަރަންފަރު، އޯކިޑްޕެލަސް, އުމުރުން 39 އަހަރުގެ އަހްމަދު ފިރްޝަޥްމު ކަމަށެވެ.
ފުލުހުން ބުނީ ފިރްޝަޥްމު އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ ކަމަށެވެ.
އެގޮތުން އޭނާ ފުލުހަށް ހާޒިރުކުރަން އިއުލާނުކޮށްފައިވަނީ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށެވެ.
މި މައްސަލައާ ގުޅިގެން މި މަހުގެ 9 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖަހާއިރަށް ނުވަތަ ވީ އެންމެ އަވަހަކަށް ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފަ އެވެ.