ކުދި އާބާދީތައް އެހެން ރަށްރަށަށް ބަދަލުކުރުމަށް މިނިސްޓަރު އާދަމް ޝަރީފް ތާއީދު

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުދި އާބާދީތައް އެހެން ރަށްރަށަށް ބަދަލުކުރުމަށް ތާއީދުވާ މޭރުމުން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވާހަކަދައްކަވައިފި އެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު މި މޭރުމުން ވާހަކަދައްކަވާފައިވަނީ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

މި އިންޓަވިއުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ތަރައްގީގެ 20 އަހަރުގެ ޕްލޭނެއް ތައްޔާރު ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފަ އެވެ. ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދެވޭނީ ކުދި އާބާދީތައް އެހެން ރަށްރަށަށް ބަދަލުކޮށްގެންކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތުގެ 178 ރަށެއްގައި ސިއްހީ މަރުކަޒާއި ތައުލީމީ ކަންތައްތައްވެސް އަދި ހަމަ ރަށުގެ ކައުންސިލުވެސް ގާއިމުކުރެވި މުނިސިޕަލް ހިދުމަތްތައްވެސް ދޭ ކަމަށެެވެ. އާބާދީގެ ނިސްބަތަށް ބަލާއިރު މި ކަންކަމަކީ ކުދިކުދި ރަށްރަށަށް އަދި ގައުމަކަށް ބަލާއިރުވެސް އެކަންކަމުގެ ހަރަދުތައް ބެހިގެންދާގޮތާ މެދު ރައްޔިތުން ވަރަށް ބޮޑަށް ވިސްނާ ފިކުރު ކުރާ ކަންކަން ކަމުގައި ވިދާޅުވި އެވެ.

”އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދެވޭތޯއާއި މި ކަންކަން ރަނގަޅަށް ފަހިކޮށްދެވޭނީ ކިހިނެއްތޯ ރައްޔިތުން ވަރަށް ބޮޑަށް ވިސްނާ ކަންތައްތައް. އަދި ސަރުކާރުންވެސް ވަރަށް ބޮޑަށް މި ކަންކަމާއި ވިސްނާ.. އެހެންވީމާ، މި ކަންކަމުގެ އަލީގައި އެންމެ ރަނގަޅު ގޮތަކީ ކޮބާތޯ ބަލާއިރު ރާއްޖޭގައި ވަރަށް ގިނަ ބަޔަކު މިއަދު ގަބޫލުކުރޭ އެހެން ތަނަކަށް ހިޖުރަ ކުރުމުގެ ސަބަބުން ކުރިއެރުންތަކެއް ލިބިދާނެ ހާލަތެއް ރާއްޖޭގައި އެބަތިބިކަން“

މިނިސްޓަރު މިގޮތަށް ވިދާޅުވެފައިވާއިރު މީގެ ކުރިންވެސް އާބާދީ ކުޑަ ރަށްރަަށުގައި އަސާސީ ހިދުމަތްތައް ލިބުމުގެ ދަތިކަމާއި ގުޅިގެން އެހެން ރަށްރަށަށް ބަދަލުވެފައި އެބަ ހުއްޓެވެ. ސަރުކާރަށް ރަސްމީކޮށް ހުށަހަޅައިގެން ބަދަލުވާ މިފަދަ ފަރާތްތައް ބަދަލުވާ ރަށުން ސަރުކާރުން އެމީހުންނަށް ފްލެޓްތައްވެސް އަޅާދީފައި ވެއެވެ.

މިފަހުންވެސް، ހދ. ހިރިމަރަދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުން ވަނީ ކ. ތުލުސްދޫއަށް ބަދަލުވާން ބޭނުންވާ ކަމުގައި މިނިސްޓަރު އާދަމް ޝަރީފް އަރިހުގައި ވިދާޅުވެފަ އެވެ. މ. ރަތްމަންދޫގެ ރައްޔިތުންވެސް ވަނީ އާބާދީ ބޮޑު އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރަށް ހުށަހަޅާފަ އެވެ.

ހިރިމަރަދޫއަކީ ހދ. އަތޮޅުގެ އެންމެ މަދު އާބާދީއެއް އޮންނަ ރަށެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާއިން ދައްކާގޮތުގައި މި ރަށުގައި ދިރިއުޅެނީ އެންމެ 293 މީހުން ނެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ރަށުގެ އާބާދީ އަހަރަކަށް ވުރެ އަހަރެއް ދަނީ މަދުވަމުން ނެވެ. 2014 ވަނަ އަހަރުގެ ބޯހިމެނުމުގައި މި ރަށުގެ އާބާދީއަކީ 314 ކަމަށް ވަނީ ރެކޯޑްކުރެވިފަ އެވެ.

ހދ. އަތޮޅުގެ ރަށްތަކުން ދިރިއުޅޭ މީހުން މީގެ ކުރިން ވެސް ވަނީ އެހެން ރަށްރަށަށް ބަދަލުކޮށްފަ އެވެ. މިގޮތުން ފަރިދޫ އަދި މާވައިދޫގެ ރައްޔިތުން ވަނީ ހަމަ އެ އަތޮޅުގެ ހަނިމާދޫ އާއި ނޮޅިވަރަމްފަރަށް ބަދަލުކޮށްފަ އެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ