ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބަަހައްޓާފައި ހުރި ތަކެތި ނަގަން އަންގައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ފޭސް 3 ގެ ހިއްކި ސަރަހައްދުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެތި ނެގުމަށް އަނެއްކާ ވެސް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެޗްޑީސީއިން މިކަން ހަމަކޮށްފައި ވަނީ މިއަދު އެ ކުންފުނިން ނެރުނު އިއުލާނެއްގަ އެވެ.

ހުޅުމާލެ ފޭސް 2 އާއި 3 ގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެތި ނަގަން މިދިޔަ މޭ މަހު ވެސް އެ ކުންފުނިން އިއުލާނުކުރި އެވެ.

އެޗްޑީސީއިން ވަނީ، ހުޅުމާލެ ފޭސް 2 އަދި 3 ގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެތި ނަގަން މިދިޔަ މޭ މަހު ވެސް އިއުލާން ކޮށްފަ އެވެ. އެހެން ނަމަވެސް، އެކަމަށް މީހުން އިޖާބަދީފައި ނުވާ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން މިއަދު ބުނެފައި ވަނީ، ހުޅުމާލެ 3 ގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް މުދަލާއި ތަކެތި ބަހައްޓައި، އެ ބިންތައް އަދިވެސް ބޭނުންކުރަމުންދާ ކަމަށެވެ. އެެހެންކަމުން، އެ ތަނުގައި ބަހައްޓާފައި ހުރި ތަކެތި މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން ނެގުމަށް އެޗްޑީސީއިން ވަނީ އަންގާފަ އެވެ.

މި މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފި ނަމަ، އެއީ ވެރިފަރާތްތަކުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި، އެފަދަ ތަކެއްޗާ މެދު އަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތުގެ މަތިން އަމަލު ކުރާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެޗްޑީސީން އަންނަނީ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އަދިވެސް ކުރަމުންނެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ