ވިލިމާލޭގައި ޕެޓްރޯލް ޝެޑެއް އެޅުމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަށް ބިމެއް ދިނުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
މި ނިންމުން ފާސްކޮށްފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 165 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.
މި ޖަލްސާގައި އެ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ޕެޓްރޯލް ޝެޑެެއް އެޅުމަށް ބިމެއްް ހަމަޖައްސައިދިނުމަށް އެފްއެސްއެމްއިން އެދިފައިވާ ކަމަށާއި މިކަން ކޮމިޓީއަށް ފޮނުވުމުން އެ ކުންފުންޏަށް ބިން ދޭން ފެންނަކަމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އާޒިމް ވަނީ މި ބިން އެފްއެސްއެމްއަށް ދޭން ފެނޭތޯ ކައުންސިލަރުންގެ ވޯޓަކަށް އަހާފަ އެވެ.
އެފްއެސްއެމްއަށް ވިލިމާލެއިން ބިމެއް ދިނުމަށް ނިންމާފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ މާލެ ސިޓީ ކައުންސިލް ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)