ކެމިކަލް ރައްކާކުރުމުގައި ހޭލުންތެރިކުރުމަށް އެމްއެންޑީއެފް އިން އޮޕަރޭޝަން ހިރާސް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކެމިކަލް ރައްކާކުރުމުގައި ބަޔާންކުރާ ގަވާއިދުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް، ”އޮޕަރޭޝަން ހިރާސް ފާސް“ ގެ ނަމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އޮޕަރޭޝަނެއް ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ މި އޮޕަރޭޝަން ފެށުމުގެ ގޮތުން އިއްޔެ ކަޅުތުއްކަލާކޮށީގައި ބޭއްވި ބްރީފިންގގައި މިނިސްޓަރ އޮފް ޑިފެންސްގެ ނައިބު، ފާޠިމަތު މިޒުނާ ޢަލީއާއި، އެފްއާރުއެސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުޙުރީ ބައިވެރިވެލެއްވި ކަމަށެވެ.
އިއްޔެއިން ފެށިގެން މިމަހުގެ 15 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަނުގައި، ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހުރީ ނުރައްކާތެރި ކެމިކަލާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށްތޯ ބެލުމާއި، މި ގަވާއިދުތަކަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް މަސައްކަތްތަކެއް ކުރެވޭނެ އެވެ. އެގޮތުން، ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް އެތަންތަނަށް ޒިޔާރަތްކުރުމުގެ އިތުރުން، ގްރޭޓަރ މާލެ ސަރަހައްދުގައި ފަސޭހައިން އަލިފާން ރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ދެނެގަތުމުގެ މަސައްކަތްކުރާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
‏މި އޮޕަރޭޝަނުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބައިވެރިވާނެ އެވެ.

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ