ބޭރު ފައިސާގެ ގަވާއިދާއިއެކު ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް އަންނާނެ: އާދަމް ޝަރީފް

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޭރު ފައިސާގެ ގަވާއިދާއިއެކު ބިދޭސީން ކޮންޓްރޯލް ކުރަމުން އަންނަ ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް އަންނާނެ ކަމުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް މިގޮތަށް ވިދާޅުވީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއް 500 ޑޮލަރު އެމްއެމްއޭއަށް މާރުކުރަން މަޖުބޫރުކުރިކަން ސަރުކާރުން ހާމަކުރުމާއި ގުޅިގެން ނެވެ. ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ފަރާތުން ވަކި މިންވަރެއްގެ ޑޮލަރު މާރުކުރުން ލާޒިމްވާގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދު އެކުލަވާލައި ތަންފީޒުކުރަން ފަށާފައި ވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ގެޒެޓުކުރި އައު ގަވާއިދެއްގެ ދަށުން، ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓްރީ ކުރާ ކޮންމެ ވިޔަފާރިއެއް ވެސް 30 ދުވަހުގެ ތެރޭގައި އެމްއެމްއޭގައި ރަޖިސްޓްރީ ކުރަން ހުށަހަޅަންޖެހޭނެ އެވެ. އަދި މި ފަރާތްތަކުން ކޮންމެ މަހެއްގެ ތެރޭގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ ހިދުމަތާއި މުދަލުގެ ތަފްސީލު ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭއާ ހިއްސާކުރަންޖެހޭނެ އެވެ.

މިކަމާއި ގުޅޭގޮތުން އާދަމް ޝަރީފް ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ހިތްވަރުގަދަ ނިންމެވުމެއް ނިންމެވި މަންޒަރު ކަމަށެވެ. ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލު އަންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އެއާއެކު، ޑޮލަރުގެ މައްސަލައަށް މި ގެނައި ބަދަލުގެ ސަބަބުން ބިދޭސީން ކޮންޓްރޯލް ކުރަމުންދިޔަ ޑޮލަރުގެ ކަޅު ބާޒާރު ނިމުމަކަށް އަންނާނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

އެމްއެމްއޭ އިން ބުނެފައިވަނީ މި އައު ގަވާއިދުތަކުގެ ސަބަބުން ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާގެ ނިސްބަތް އިތުރުވެ، ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދެވޭ ބޭރު ފައިސާގެ ނިސްބަތް އިތުރުވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވަނީ ރާއްޖޭގައި ޑޮލަރުގެ ދަތިކަން ބޮޑުވެ، ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގައި ޑޮލަރުގައި ރިޒާވް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިއުލާންކޮށްފައިވަނިކޮށެވެ.

އެމްއެމްއޭ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ