މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތް ފުޅާކުރުމަށް އެމްއޭސީއެލްއާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފައްދަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވިއަން ސީޕްލޭންގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ޒަމާނީކުރުމަށްޓަކައި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް.އެލް) އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާ ދެމެދު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދުމަށް ނިންމައިފި އެވެ.

މި ނިންމެވުން ނިންމެވީ 30 ސެޕްޓެމްބަރު 2023 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސުން ހުށަހެޅި ކަރުދާހަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެއްގޮތަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ނިންމެވުމުގެ ދަށުން، އައިލެންޑް އޭވިއޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް، އެމް.އޭ.ސީ.އެލްއާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް 2025 އެޕްރީލް 30 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ވަނީ ނިންމަވާފަ އެވެ. އަދި މި ކުންފުނި އުފެއްދުމަށްޓަކައި ނިންމަންޖެހޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމަވާފަ އެވެ.

މި ސްޓްރެޓީޖިކް ޕާޓްނަރޝިޕްގެ މަޤްޞަދަކީ މިހާރު އައިލެންޑް އޭވިއޭޝަންގެ ދަށުން ހިންގަމުންދާ ”މޯލްޑިވިއަން ސީޕްލޭން“ ވިޔަފާރި އިތުރަށް ފުޅާކޮށް، ޒަމާނީކޮށް، އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި، ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެ އެވެ.

މިފަހުންވެސް ސަރުކާރުގެ ކުންފުނިތަކަް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައީސް ވަނީ ނިންމަވާފަ އެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަން އެސްޓީއޯގެ ދަށަށް ބަދަލުކޮށް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުން ހިމެނެ އެވެ. އޭގެއިތުން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ދަށަށް، ފަހިދިރިއުޅުން ކޯޕަރޭޝަން ބަދަލުކުރުމަށްވެސް ސަރުކާރުން އޮތީ ނިންމާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް އެމްއޭސީއެލް ވަޒީރުންގެ މަޖިލިސް މޯލްޑިވިއަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ