އިޒްރޭލުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ރައީސް ގޮވާލައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިޒްރޭލުން ގައްޒާގައި ހިންގާ ގާނޫނާ ހިލާފު އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.

ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.)ގައި ކުރިއަށްދާ ގައްޒާގެ މައްސަލައަށް ރާއްޖެއިން ތަދައްހުލުވާން ހުށަހަޅާފައިވާ ކަމަށެވެ. މިއީ ދެކުނު އެފްރިކާއިން އިޒްރޭލާ ދެކޮޅަށް ހުށަހެޅި ”އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ޣައްޒާ ސްޓްރިޕް“ މައްސަލައެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓާލަން ޖެހޭ ކަމަށާއި، ގާނޫނުގެ ވެރިކަން ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއިން ހިޔާރުކުރާނީ އިންސާނިއްޔަތާއި، ސުލްހައާއި އަދި އިންސާފުގެ މަގު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، އިޒްރޭލުން ލުބްނާންގައި ފަށާފައިވާ އެއްގަމު އަސްކަރީ އޮޕަރޭޝަންވެސް ރައީސް ވަނީ ކުށްވެރިކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ބައިނަލްއަގްވާމީ ގާނޫނާއި ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ސާފުކޮށް ހިލާފު އަމަލެއް ކަމަށެވެ.

ރައީސް މުޢިއްޒު ގޮވާލެއްވީ، އިޒްރޭލު ޖަވާބުދާރީ ކުރުމަށާއި ލުބުނާނާއި ގައްޒާގައި ވެސް ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ވަގުތުން އަމަލު ކުރުމަށެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ ސިޔާދަތީ މިނިވ މިނިވަން ދައުލަތެއް ގާއިމުކުރުމަށްވެސް ގޮވާލެއްވި އެވެ.

މި މައްސަލައިގައި ރާއްޖެއިން ތަދައްހުލުވެފައިވަނީ، ޒަމާނުއްސުރެ ރާއްޖެއިން ފަލަސްޠީނުގެ ސިޔާދަތީ މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ކުރަމުންގެންދާ މުހިންމު މަސައްކަތާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ފަލަސްތީން އިޒްރޭލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ