ވޯލްޑް ޓްރެވަލް އެވޯޑްސްގެ 6 މަގާމަކަށް ރާއްޖެ ނޮމިނޭޓް ވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަހަރު ބާއްވާ ވޯލްޑް ޓްރެވެލް އެވޯޑްސްގެ 6 މަގާމަކަށް ރާއްޖެ ނޮމިނޭޓް ވެއްޖެ އެވެ.

ދުނިޔޭގެ މަޝްހޫރު ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ ވޯލްޑްސް ލީޑިން ކެޓަގަރީގެ ހަ އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވެފައިވާއިރު، އޭގެ ތެރޭގައި “ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން 2024” ގެ ލަގަބު ވެސް ހިމެނެ އެވެ. ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މިއަހަރު ރާއްޖެ 5 ކެޓަގަރީއަކަށް ނޮމިނޭޓް ވެފައި ވެއެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް)  އަނެއްކާވެސް ”ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑް 2024“ ގެ ލަގަބަށް ނޮމިނޭޓްވެފައިވެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ 1993 ވަނަ އަހަރު ވުޖޫދުވި ފަހުން ޓްރެވަލް އަދި ޓޫރިޒަމް ދާއިރާއިން އެންމެ ކާމިޔާބު ތަންތަން ފާހަގަކުރާ ބައިނަލްއަގްމީ ފެންވަރުގެ އެވޯޑެކެވެ. މި އެވޯޑް ހަފްލާގައި ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލުު ތަންތަން ފާހަގަކުރާނެ އެވެ.

ފާއިތުވި އަހަރުތަކުގައި ޑަބްލިއުޓީއޭގައި، ޖެހިޖެހިގެން ހަތަރު އަހަރު ވަންދެން ރާއްޖެ ވަނީ ނޮމިނޭޓް ވެފަ އެވެ. 2019 އިން 2023 އަށް ”ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަން“ ގެ މަގާމު ރާއްޖެއިން ހޯދާފައިވާއިރު، އެމްއެމްޕީއާރުސީން ވަނީ ޖެހިޖެހިގެން ދެ އަހަރު ”ދުނިޔޭގެ ލީޑިން ޓޫރިސްޓް ބޯޑު“ ގެ ޝަރަފު ވެސް ހޯދާފަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ