އިންޑިއާގެ 48 ބޭހަކަށް ސަމާލުވާން އެމްއެފްޑީއޭ އިން އެލާޓް ނެރެފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންޑިއާގެ 48 ބޭހަކަށް ސަމާލުވާން ހެލްތް މިނިސްޓްރީން އެލާޓް ނެރެފި އެވެ.

އިންޑިއާގެ އެކި ކުންފުނިތަކުން އުފައްދާފައިވާ 48 ޕްރޮޑަކްޓަކުން ގިނަ ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަން އިންޑިއާގެ ބޭސް ރެގިއުލޭޓް ކުރާ މައި އިދާރާ (ސީޑީއެސްސީއޯ) އިން އެލާޓްކޮށްފައިވާތީ، ދިވެހިން އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވެއެވެ.

އެމްއެފްޑީއޭއިން ބުނީ، ސީޑީއެސްސީއޯގެ މި އެލާޓާއި ގުޅިގެން ރާއްޖޭގެ މަރކެޓްގައި އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި މި ބޭސްތައް ހިމެނޭތޯ ބެލުމަށް، އެ އޮތޯރިޓީން ގިނަ މަސައްކަތްތަކެއްކޮށް، މާރކެޓް އިވެލުއޭޝަނެެއް ހަދާފައިވާ ކަަމަށެވެ. އަދި މިގޮތަށް ބެލި ބެލުމުން، އެ ލިސްޓުގައި ހިމެނޭ ބޭހެއް ކަމަށްވާ ޓެލްމިސަޓާން ޓެބްލެޓްސް އައިޕީ 40އެމްޖީ އަކީ އެޕްރޫވްޑްގެ ޑްރަގް ލިސްޓުގައި 2017 ވަނަ އަހަރު ހިމަނާފައިވާ ބޭހެއް ނަމަވެސް، 2018 އިން ފެށިގެން މި ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރެވިފައި ނުވާކަން ޔަގީން ކުރެވިފައިވާ ކަމަށް ބުނެފައި ވެއެވެެ.

”ސީޑީއެސްސީއޯގެ މި ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއްގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓް ކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަންވެސް ވަނީ ޔަގީން ކުރެވިފަ،“. އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ، އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާ އަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެ ކުރާތީ މިކަމަށް ސަމާލުވުމަށް އެދޭ ކަަމަށެެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ