ނުފޫޒު ފޯރުވާނަމަ މަގާމުން އިސްތިއުފާ ދޭނަން: އައްބާސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އެއްވެސް ނިންމުމެއް ބަދަލު ކުރުމަށް ނުފޫޒު ފޯރުވާނަމަ މަގާމުން އިސްތިއުފާ ދެއްވާނެކަމަށް ޕީޖީ އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕީޖީ އައްބާސް މިހެން ވިދާޅުވީ ޕީޖީ އޮފީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އައްބާސް ވިދާޅުވީ އެއްވެސް ބޭފުޅަކަށް އޭނާގެ މައްޗަށް ނުފޫޒު ނުފޯރުވޭނެކަމުގެ 100 އިންސައްތަ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި އެއްވެސް ބޭފުޅަކަށް ބިރެއްވެސް ނުދެއްކޭނެކަމަށް އޭނާ ވިދާޅުވި އެވެ.

އެއްވެސް ބޭފުޅަކު ނޫނީ އެއްވެސް މުއައްސަސާއަކުން އަޅުގަނޑަށް ނުފޫޒު ފޯރުވައިގެން ނޫނީ ނުފޫޒު ފޯރުވަން މަސައްކަތް ކޮށްގެން އަޅުގަނޑު ލައްވާ ޑިޒިޝަނެއް ބަދަލު ކުރަން އަޅުގަނޑަށް މަޖުބޫރު ކުރާ ހިސާބަކީ އަޅުގަނޑު މި ގޮނޑިން ތެދުވާ ހިސާބު. އަޅުގަނޑު ޖެހިލުމެއް ނުވާނެ. މާދަންވެސް އިސްތިއުފާ ދީފަ ނިކުންނަން ޖެހިއްޖިއްޔާ ނިކުންނާނަން.

އައްބާސް ވިދާޅުވީ އޭނާއަށް ދީފައިވާ ޔަގީންކަމަކީ އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމުގެ ޔަގީންކަން ކަމަށާއި ގާނޫނުގައި އޮތް ގޮތަށް މަސައްކަތް ކުރުމުގެ މިނިވަންކަން ދޭނެކަމުގެ ޔަގީންކަން ކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިހުގައި މަސައްކަތް ކުރެއްވުމަށް ފަހުގައި ކަމަށާއި ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި 5 އަހަރު ވަންދެން މަސައްކަތް ކުރެއްވުމަށްފަހު ނިކުތީ އެއްވެސް ނުފޫޒެއް ނެތިކަމަށް އައްބާސް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގާނޫނީ ކަންކަމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ނަމަވެސް މިވަގުތު ހުންނެވީ ޕީޖީގެ މަގާމުގައި ކަމަށާއި އެހެންކަމުން މަސައްކަތް ކުރާނީ އެ މަގާމުގައިކަމަށް އައްބާސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ