ޕީޖީ އޮފީހުގައި ހުރި ކޭސްތަކާއި ގުޅޭ ގޮތުން ޝަކުވާތައް ހުށަހަޅަން 20 ދުވަސް ދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ހުރި ކޭސްތަކާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅުމަށް 20 ދުވަސް ދީފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕީޖީ އައްބާސް މިހެން ވިދާޅުވީ ޕީޖީ އޮފީހުގެ މަސައްކަތްތަކާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ.

އައްބާސް ވިދާޅުވީ އޭނާ ޕީޖީގެ މަގާމާ ހަވާލުވި ފަހުން ވަރަށް ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.

ވަރަށް ގިނަ ފަރާތްތަކުން އެކި ގޮތްގޮތަށް އަޅުގަނޑަށް ވަރަށް ގިނަ ޝަކުވާތައް ހުށަހަޅުއްވަމުން އެބަ ގެންދަވާ. އޭގެ ތެރޭގައި ސިޓީން ހުށަހެޅުއްވި ޝަކުވާތައް އެބަ ހުރި. އީމެއުލް ތްރޫކޮށް އަޅުގަނޑަށް އައިއްސަ ހުރި އެއްޗެހި އެބަ ހުރި. އެސްއެމްއެސްއިން އައިއްސަ ހުރި ޝަކުވާތައް އެބަ ހުރި. ފޯން ކޯލުންވެސް ޝަކުވާ އެބަ އާދޭ.

އައްބާސް ވިދާޅުވީ ޕީޖީ އޮފީހަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް މިއަދުން ފެށިގެން 20 ދުވަހުގެ މުއްދަތަކަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ޕީޖީ އޮފީހުގެ ސިސްޓަމްގެ ތެރެއިން ޝަކުވާ ހުށަހެޅޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެކަމަށް އައްބާސް ވިދާޅުވި އެވެ. އެގޮތުން ވެބްސައިޓް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށާއި ޕީޖީ އޮފީހަށް ގޮސްގެންވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޝަކުވާތައް ލިބުމުން އައްބާސް ހިމެނިވަޑައިގަންނަވާ ކޮމިޓީއަކުން މައްސަލަތައް ދިރާސާ ކުރައްވާނެކަމަށް އައްބާސް ވިދާޅުވި އެވެ. އަދި އެ މައްސަލައެއް ދިރާސާ ކުރުމަށްފަހު ގޮތެއް ނިންމަވާނެކަމަށް އައްބާސް ވިދާޅުވި އެވެ.

މީގެ އިތުރުން ޝަކުވާ ހުށަހަޅާއިރު އެ މައްސަލައެއް ދިރާސާ ކުރަން ޖެހޭ ސަބަބު ސާފުކޮށް ބަޔާން ކުރުމަށް އައްބާސްވަނީ ވިދާޅުވެފަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ