އިންޓަ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
އައިޕީޔޫގެ 149 ވަނަ އެސެމްބްލީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުން 17 ވަނަ ދުވަހުގެ މުއްދަތަށް ޖެނީވާގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
އައިޕީޔޫގެ ބައްދަލުވުމުގެ މިއަހަރުގެ މައުޟޫއަކީ، ސުލްހަވެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދުމަށް ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އެސްޓީއައި) ގެ ބޭނުން ހިފުމެވެ.
މި ބައްދަލުވުމުގައި މަޖިލިސް ރައީސްގެ އަރިހުގައި މަޖިލީހުގެ މެންބަރުން ހިމެނޭ ވަފުދެއް ބައިވެރިވަޑައިގަންނަވާނެ އެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް