ދިވެހި ސީމަނުންގެ ތެރެއިން 56 ފަރާތަކަށް ”ސިޑް“ ދޫ ކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހި ސީމަނުންނަށް ދިމާވެފައިވާ ގިނަ ދަތިތަކަށް ޙައްލެއް ގެނެސްދޭނެ ސީފެއަރަސް އައިޑެންޓިޓީ ޑޮކިއުމެންޓް (ސިޑް) ގެ ޚިދުމަތް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 56 ދިވެހި ސީމަނުންނަށް ”ސިޑް“ ދޫކުރެވިއްޖެ ކަަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސް ޕޯޓް މިނިސްޓްރީން މިހެން ބުނެފައި ވަނީ، ރައީސް އޮފީހުގެ ’ސަރުކާރު‘ ވެބްސައިޓުގައި ޝާއިރުކުރި ހަބަރެއްގަ އެވެ.

އެ މިނިސްޓްރީގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، މިހާތަނަށް ޖުމްލަ 100 ދިވެހި ސީމަނުންނަށް ”ސިޑް“ އިޝޫ ކުރެވިފައިވާ އިރު، އޭގެ ތެރެއިން 56 ފަރާތަކުން މިހާރު ވަނީ ”ސިޑް“ ގެންގޮސްފަ އެވެ.

މިހާރު ބާކީތިބި 44 ”ސިޑް“ އަދި ގެންގޮސްފައި ނުވަނީ ގިނަ ސީމަނުން މިވަގުތު ބޯޓު ފަހަރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބުމުގެ ސަބަބުން ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނެ އެވެ.

“ ސިޑް“ އަކީ ދުނިޔޭގެ ކޮންމެ ޤައުމަކުން ވެސް ޤަބޫލްކުރާ ފެންވަރުގެ ލިޔުމެކެވެ. މީގެ ކުރިން ”ސިޑް“ ނެތުމުގެ ސަބަބުން ދިވެހި ސީމަނުންނަށް ވަނީ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި ބައެއް ޤައުމުތަކުން ވަނީ ”ސިޑް“ ނެތުމުގެ ސަބަބުން ދިވެހި ސީމަނުން އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާފަ އެވެ. އަދި ބައެއް ޙާލަތްތަކުގައި ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

މީގެ އިތުރުން، ”ސިޑް“ ނެތުމުގެ ސަބަބުން 2023 ވަނަ އަހަރުގެ ފަހު ކޮޅު ސީމަނުން ރެކްރޫޓް ކުރާ ކުންފުނިތަކުން ދިވެހިންނަށް ވަޒީފާ ދިނުން ހުއްޓާލާފައިވާ އިރު، ގިނަ ބައެއްގެ ވަޒީފާ ދިޔައީ ގެއްލެމުންނެވެ.

ނެތިގެން ދަމުން ދިޔަ މި ސިނާޢަތަށް ދިމާވެފައިވާ ދަތިތައް ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި މަސައްކަތްޕުޅުން މިއަދުވަނީ މި ސިނާޢަތަށް ދިރުމެއް ގެންސްދީފަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އިން މިހާރުވެސް ދަނީ ބާކީ ހުރި ފަރާތްތަކަށް ”ސިޑް“ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

”ސިޑް“ ތަޢާރަފުކުރުމާއެކު ދިވެހި ސީމަނުންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމަށް ހުރި ހުރަސްތައް ނައްތާލެވި، ދިވެހި ސީމަނުންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ