ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައިވާކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ މި ބަދަލު އެ ކުންފުނިން ގެނައީ ރޭ ދަންވަރު 12:00 ގައި ކަމަށެވެ.

މިއީ ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއްކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރު ނަންބަރު ނުވަތަ ހޮޓްލައިން ނަންބަރު އެ ކުންފުނިން ތައާރަފްކޮށްފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިން އޮގަސްޓް 28 ގަ އެވެ. ސްޓެލްކޯގެ ހޮޓްލައިން ނަންބަރު 1545 މެދުވެރިކޮށް އެ ކުންފުނީގެ ހުރިހާ ހިދުމަތަކާއި ގުޅުންހުރި މަޢުލޫމާތު ލިބިގަނެ، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތައް ހުށަހެޅޭނެ އެވެ.

ސްޓެލްކޯގެ ހޮޓްލައިންގެ އިތުރުން އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރާ މުއާމަލާތު ކުރުމަށް އިތުރު އިންތިޒާމުތަކެއް އެ ކުންފުނިން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ސްޓެލްކޯ ކެއާގެ ހިދުމަތާއިއެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުއާމަލާތު ކުރެވޭނެ އެވެ.

ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކުރުމާ ގުޅިގެން އެކުންފުނީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ މިއީ ސްޓެލްކޯގެ ހިދުމަތް ފުޅާކޮށް، ސްޓެލްކޯއިން ދެމުންދާ ހިދުމަތްތަކަކީ ޒަމާނާ އެއްހަމައެއްގައި ފައިހަމަ ކުރާ ހިދުމަތްތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރެވުނު ބޮޅެއް ކަމަށެވެ.

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރގެ ޚިދުމަތް މިއަދު 24 ގަޑިއިރަށް ބަދަލުވެގެންދިޔައިރު، މިއީ ސްޓެލްކޯގެ ޚިދުމަތް ފުޅާކޮށް، ސްޓެލްކޯއިން ދެމުންދާ ޚިދުމަތްތަކަކީ ޒަމާނާ އެއްހަމައެއްގައި ފައިހަމަ ކުރާ ޚިދުމަތްތަކަކަށް ހެދުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް އަޅުގަނޑުމެންނަށް އިތުރުކުރެވުނު ބޮޅެއް. އިރާދަކުރެއްވިއްޔާ މި ޚިދުމަތް ވެގެންދާނީ ސްޓެލްކޯއަށް މިހާރުވެސް ރައްޔިތުން ކުރަމުންދާ ފުރިހަމަ އިތުބާރު އިތުރުވެ، ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމުގައި އަޅުގަނޑުމެންނަށް ކުރިއަށް އެޅޭ ކާމިޔާބު ފިޔަވަޅަކަށް.

ސްޓެލްކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ