ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަމުންދާތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައި ވަނީ، މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގަ އެވެ.
ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދަނީ އިންޑިއާއަށް ނިސްބަތްވާ، އައިޑީ މޮހެމެޑް ސެހް (32އ) ކަމަށެވެ.
މޮހެމެޑް ސެހް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އޮގަސްޓު މަހުގެ 14 ވަނަ ދުވަހުގެ ހަވީރު ކަމަށް ފުލުހުން ބުނެ އެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މީގެ ކުރިން، ކ. ހުވަފެންފުށި ކައިރީގައި އޮންނަ ފަސްގަނޑަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ދިވެއްސަކު ހޯދަމުން އަންނަތާ ވެސް މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.