އެމްޕީއެލްއިން ހުޅުމާލޭގައި 10 ބުރީގެ އިމާރާތެއް އަޅަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

މޯލްދިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގައި 10 ފަންގިފިލާގެ އިމާރާތެއް އަޅަން ނިންމާ އެކަމަށް ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އެމްޕީއެލްއިން ކުރި އިއުލާނުގައި ބުނެފައިވަނީ މި އިމާރާތް އަޅާނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ އެމްޕީއެލްގެ ސީޕޯޓް ޓާމިނަލް ކުރިމަތީ އޮތް ހުސްބިމުގައި ކަމަށެވެ. މި ބިމަކީ އަދިގާ މިސްކިތާ އިންވެގެން އޮތް ބިމެވެ. އަދި މިއީ 100 އިންސައްތަ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެއްކަމަށް ބުނެފައިވެ އެވެ.

މި އިމާރާތް އެޅުމަށް އެމްޕީއެލްއިން ނިންމާފައިވާ ބިމަކީ 9،580 އަކަފޫޓުގެ ބިމެކެވެ. މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 10ގެ ކުރިން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަން ޖެހޭނެކަމަށް އެމްޕީއެލްއިން ބުނެފައިވެ އެވެ.

އެމްޕީއެލްގެ މި އިމާރާތުގައި 10 ފަންގިފިލާ ހުންނަ އިރު ބޭސްމެންޓްއެއްވެސް ވަނީ ހިމަނާފަ އެވެ. ބޭސްމެންޓްގައި ޕާކިން އޭރިއާއެއްގެ އިތުރުން މުދާ އަރުވާ ބޭލުމާއި ކުނި އެއްކުރާނެ ތަނެއްވެސް ހެދުމަށް ވަނީ ނިންމާފަ އެވެ. މި އިމާރާތުގައި ކެފޭތަކާއި ރެސްޓޯރެންޓްތަކާއި އޭޓިއެމްއާއި ކޮންފަރެންސް ހޯލްތަކާއި އިވެންޓް ފްލޯތަކުގެ އިތުރުން ކުއްޔަށް ދިނުމަށް ހަދާ އޮފީސް ޖާގަވެސް ހިމެނެ އެވެ. އަދި އެމްޕީއެލްއަށް ހާއްސަކޮށްވެސް އޮފީސް ޖާގަ ހެދުމަށް ވަނީ ހިމަނާފަ އެވެ. މީގެ އިތުރުން މީހުން ދިރިއުޅުމަށް ދެ ފްލޯ ހުންނަ އިރު އެންމެ މަތީ ޓެރަސް ފްލޯގައި ރެސްޓޯރެންޓްއެއް ހެދުމަށް ވަނީ ނިންމާފަ އެވެ.

މީހުން ދިރިއުޅުމަށް ކަނޑައަޅާފައިވަނީ މި އިމާރާތުގެ 8 ވަނަ ފަންގިފިލާގެ އިތުރުން 9 ވަނަ ފަންގިފިލާ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ