މަތީ ތައުލީމަށް ބޭނުންވާ މާލި އެހީ ތޭރަހާހަށް ވުރެ ގިނަ ދަރިވަރުންނަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 13،866 ދަރިވަރުންނަށް މާލީ އެހީ ފޯރުކޮދީފި އެވެ.

މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ބުނީ ފުތަރަމަ ޑިގްރީ، ސްކޮލަރޝިޕް ސްކީމް އަދި ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން މި ދަރިވަރުންގެ މަތީ ތައުލީމާއި ތަމްރީނަށް ޖުމްލަ 689،663،352 (ހަސަތޭކަ އައްޑިހަ ނުވަ މިލިޔަން ހަސަތޭކަ ފަސްދޮޅަސް ތިންހާސް ތިންސަތޭކަ ފަންސާސް ދޭ) ރުފިޔާ ވަނީ ހަރަދު ކޮށްފައި ކަަމަށެވެ.

މި ސްކީމްތަކުގެ އިތުރުން ވެސް މަތީ ތަޢުލީމުގެ ފުރުސަތުތައް ރާއްޖޭގެ ދަރިވަރުންނަށް ފަހިކޮށްދިނުމަށް އަމާޒުކޮށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. އެގޮތުން މިހާރުވެސް ޖަޕާނު، ތުރުކީ، މެލޭޝިޔާ، ޗައިނާ އަދި އިނގިރޭސިވިލާތް ފަދަ އެތައް ގައުމެއްގެ އެމްބަސީތަކާއި، ޔުނިވާސިޓީތަކުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި، އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ސްކޮލަޝިޕް ފުރުސަތުތަކާއި ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރަމުން ނެވެ.

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ބިނާކޮށް، ތަފާތު އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ސަރުކާރުގެ މި ސިޔާސަތުގެ ދަށުން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމާއި، މަސައްކަތްތެރިކަމުގެ ދާއިރާތަކުން ޒުވާނުން ތަމްރީނު ކުރުމުގެ އެތައް މަސައްކަތެއް މިނިސްޓްރީ އިން ކުރިއަށް ގެންދާ ކަމަށް ބުނެފައި ވެއެވެ. އެގޮތުން، ލޯނު ސްކީމް، ފުރަތަމަ ޑިގްރީ އަދި ސްކޮލަޝިޕް ސްކީމްތަކާއި ގުޅޭ އިދާރީ މަސައްކަތްތަކާއި، ބޭރު ގައުމުތަކުގެ އެމްބަސީ އަދި ޔުނިވާސިޓީތަކާއި ބައްދަލުކޮށް، ދިވެހި ދަރިވަރުންނަށް ހުރި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެ އެކަންކަމާއިމެދުވެސް މިނިސްޓްރީން އަންނަނީ މަޝްވަރާކުރަމުން ނެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ