އަރަބި ގައުމުތަކާއެކު ވިޔަފާރި ގުޅުން ގާއިމުވުމަކީ ދިވެހިންގެ އުންމީދެއް: ޝުޖާއު

Advertisement

Advertisement

އެންމެ ފަސް

Advertisement

އަރަބި ގައުމުތަކާއެކު ވިޔަފާރި ގުޅުން ގާއިމުވެގެން ދިޔުމަކީ ދިވެހިންގެ އުންމީދެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ ރާއްޖެއާއި ސައުދި އަރަބިއްޔާއާ ދެމެދު ވިޔަފާރި ގުޅުން ބަދަހި ކުރުމަށް ފަހުމުނާމާއެއްގައި ސޮއި ކުރުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ސައުދި އަރަބިއްޔާއާ އެކު ވިޔަފާރި ގުޅުން ބަދަހި ކުރުމަށް ފަހުމުނާމާގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ސައުދީގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ ސައުދީގެ ކޮމާސް މިނިސްޓަރު މާޖިދް ބިން އަބްދުﷲ ބިން އުސްމާން އަލް ގަސާބީ އެވެ.

ސައުދީގެ ކޮމާސް މިނިސްޓަރު މާޖިދް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ސައީދާ އިއްޔެ ބައްދަލު ކުރައްވާފައިވާ ކަމަށާޢި އެ ބައްދަލުވުމުގައި އިގްތިސޯދީ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ދެގައުމަށް ވިޔަފާރި ފުރުސަތުތައް ތަނަވަސްކޮށް އެކުގައި މަސައްކަތް ކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާކަން މިނިސްޓަރު މާޖިދް ހާމަކުރެއްވި އެވެ.

މިކަމާ ގުޅިގެން ޝުޖާއު ވިދާޅުވީ ވިޔަފާރީގެ ދާއިރާއިން ފަހި ފުރުސަތުތަކެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަންދެއްވާ އެއް ކަންތައް ކަމަށެވެ. އަދި އަރަބި އިސްލާމީ ގައުމުތަކާއެކު ވަރުގަދަ ވިޔަފާރީގެ ގުޅުންތައް ގާއުމުވެގެން ދިއުމަކީ ދިވެހީން އަބަދުވެސް ކުރާ އުންމީދެއްކަމަށް ޝުޖާއު ވިދާޅުވި އެވެ.

ރާއްޖެ - ސައުދީ އިބްރާހިމް ޝުޖާއު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސައުދީ އަރަބިއްޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ