އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށްގެންދާ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަގުހުރި އާ ސައިކަލެއް ލިބޭ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ މިއަދު ހޮވައިފި އެވެ.
މި ނަސީބުވެރިޔާއަށް ސައިކަލް މިއަދު ހަވާލުކޮށްފައިވާއިރު، އުރީދޫ މޯލްޑިވްސްއިން އިން މި ޕްރޮމޯޝަން ފަށާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.
މި ޕްރޮމޯޝަނަކީ މިއަހަރުގެ 31 ޑިސެމްބަރު 2024 ގެ ނިޔަލަށް އުރީދޫއިން ކުރިއަށްދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އުރީދޫ ކަސްޓަމަރުން 250 ރުފިޔާ ރީޗާޖްކޮށްގެން ނުވަތަ ބިލް ދައްކައިގެން ބައިވެރިވެވޭނެ ކަމަށް އުރީދޫ އިން ބުނެފައި ވެއެވެ.
މި ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ކޮންމެ ތިން ދުވަހަކުން ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ލިބޭ ސައިކަލުތަކުގެ ތެރޭގައި އެއާ ބްލޭޑް 125 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)، އެއާ ބްލޭޑް 160 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ) އަދި ޕީސީއެކްސް160 (ކަޅު ކުލަ) ހިމެނެ އެވެ.
މީގެ އިތުރުން މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް 2024 ވަނަ އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ލިބިގެންދާނެ އެވެ.
މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.