ރާއްޖެއިން ’ވަން-ޗައިނާ‘ ޕްރިންސިޕަލްއަށް ތާއީދު ކުރުން ދަމަހައްޓާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ މި ޕޯސްޓުގައި ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި އެގައުމުގެ ސަރުކާރަށާއި އެގައުމުގެ ރައްޔިތުންނަށް 75 ވަނަ ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުވާފަ އެވެ.
މީގެ އިތުރުން ޗައިނާއާއެކު މިހާރުވެސް އޮތް ވަރުގަދަ ގުޅުން އިތުރަށް ބަދަހި ކުރުމަށް ތައްޔާރުކަމަށްވެސް ނައިބު ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ޗައިނާގެ ގައުމީ ދުވަސް ފާހަގަ ކުރަނީ އޮކްޓޫބަރު 1، 1949 ގައި އެ ގައުމުގައި ’ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ‘ ގެ ނަމުގައި ސަރުކާރު އުފެއްދުމާ ގުޅިގެންނެވެ. އޭގެ އިތުރުން ’ރިޕަބްލިކް އޮފް ޗައިނާ‘ ގެ ނަމުގައި ޓައިވާނުގައި ސަރުކާރެއް އޮވެ އެވެ. ނަމަވެސް ރާއްޖެއިން އަބަދުވެސް ތާއީދު ކުރަމުން އަންނަނީ ’ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ‘ ނުވަތަ ’ވަން-ޗައިނާ‘ ޕްރިންސިޕަލް އަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ރާއްޖެ - ޗައިނާ ޗައިނާ