ރައީސް ޗައިނާގެ ގައުމީދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސްއައް ވިދާޅުވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޗައިނާގެ ގައުމީދުވަހުގެ މުނާސަބަތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެގައުމުގެ ރައީސް ޝީ ޖިންޕިންގ އާއި، ސަރުކާރަށާއި، ޗައިނާގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ތަހުނިޔާ ވިދާޅުވެފައި ވަނީ ޗައިނާގެ ގައުމީދުވަހާއި ގުޅުގެން އެކްސަގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައި ވަނީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 75 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތުގައި، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގ އާއި، ސަރުކާރަށާއި، ޗައިނާގެ ރައްޔިތުންނަށް ހޫނު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރާ ކަމަށެވެ.

އެ ޕޯސްޓްގައި ރައީސް ވިދާޅުވީ ޗައިނާއާއިއެކު އޮތް އެކުވެރިކަމުގެ ގުޅުމަށް ރާއްޖެއިން ޤަދަރު ކުރާ ކަމަށެވެ. އަދި ”ވަން ޗައިނާ“ ފޮލިސީއަށް ރާއްޖެއިން އަނެއްކާ ވެސް އަމަލު ކުރަން ފަށާފައިވާ ކަމަށެވެެ.

”ޗައިނާ އާއި ރާއްޖޭގެ ގުޅުން ދާނީ ބަދަހިވަމުން އަދި ހާރިޖީ ގުޅުންތައް ވެސް ދާނީ ރަނގަޅުވަމުން. މިކަމުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ފައިދާ ކުރާނެ.“ރައީސް ވިދާޅުވެފައިވެ އެވެ.

ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރުމަށް އިއްޔެ ވަނީ ދަރުބާރުގޭގައި ވެސް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޗައިނާއިން ރާއްޖެއައް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލީޝިން ވެސް ވަނީ ބައިވެރިވެފަ އެވެ.

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - ޗައިނާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ