ޒަހަމަތްކަކާ އެކު މަރުވެފައި އޮތް މީހަކު އަނެއްކާވެސް މާލެއިން ފެނިއްޖެ އެވެ.
ފުލުހުން މީޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޒަހަމްތަކަކާއެކު އޮތް މީހަކު އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަށް މިއަދު ފަތިހުގެ ވަގުތެއްގައި ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އައި.ޖީ.އެމް.އެޗް އަށް ގެންދިޔަ އިރުވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މަރުވި މީހާ އަކީ މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސްގެ މުވައްޒަފެއް ކަމަށް ފުލުހުން ބުނި އެވެ. އެކަމާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހިިއްސާކޮށްފަ އެއްނުވެ އެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.