މަރާމާތަށްފަހު އާސަރަހާ ހުޅުއްވައިދެއްވާނީ ރައީސް ޑރ. މުޢިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

އަލަށް މަރާމާތުކޮށް ނިންމާލެވުނު އާސަރަހާ މިސްކިތް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ނަރީޝް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ ހުކުރު ދުވަހު އާސަރަހާ މިސްކިތާއި ހިނަވާގެ ހުޅުއްވައިދެއްވަން ރައީސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ މާލެ ސިޓީ ކައުންސިލާއި ކައުންސިލަރުންނާއި މުވައްޒަފުންނަށް ލިބޭ އުފަލަކާއި ޝަރަފެއް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އާސަހަރާ މިސްކިތް މަރާމާތުކޮށް، ޒަމާނީ ފެންވަރަށް ތަރައްްޤީކުރުމުގެ މަސައްކަތް ފެއްޓެވީ ރައީސް ޑރ. މުއިއްޒު މާލެ ސިޓީ ކައުންސިިލްގެ މޭޔަރަކަށް ހުންނެވިއިރު އެވެ. ނަރީޝް ވިދާޅުވި ގޮތުގައި އާސަހަރާ މަރާމަތުކުރުމުގެ މަސައްކަތް އޭރު ރައީސް މުއިއްޒު ފެއްޓެވީ އަސަހަރާ މިސްކިތާއާއި އަސަހަރާއަކީ ގިނަ ރައްޔިތުންތަކެއް ހިދުމަތްހޯދާ ތަނަކަށްވެފައި އެތަނަކީ ރައްޔިތުންނަށް އެކަށީގެންވާ ފެންވަރު ރަނގަޅު ހިދުމަތްދެވޭ ތަނަކަށް ބަދަލުކުރުމުގެ ގޮތުން ކަމަށެވެ.

އާސަރަހާ މިސްކިތް މަރާމާތުކުރުމަށް އެތަން ބޭނުންކުރުން މެދުކަނޑާލީ 2023 ވަނަ އަހަރުގެ މޭ މަހުގަ އެވެ. މި މަސައްކަތުގެ ދަށުން އާސަރަހާ މިސްކިތް ތަރައްޤީކޮށްފައިވަނީ 2 ފަންގިފިލާއަށެވެ. މީގެތެރެއިން ފުރަތަމަ ފަންގިފިލާގެ މަސައްކަތް ނިންމާ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ވަނީ ހުޅުވާލާފަ އެވެ.

މާލެ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އާސަރަހާގެ މަރާމާތުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފަ އެވެ.

ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަސައްކަތް ނިމޭއިރު މީހުން ހިނެވުމަށް 4 ތަނެއް ހުންނާނެއެވެ. އަދި ނަމާދުކުރާ ސަރަހައްދާއި މަޑުކޮށްލައިގެން ތިބޭ ސަރަހައްދު ވެސް އޭސީކޮށްފައި ހުންނާނެ އެވެ.

އާސަރަހާ އަލުން ހުޅުވުމަށްފަހު މާލޭގައި ނިޔާވާ މީހުން ވަޅުލުމުގެ މަސައްކަތް އެތަނުގައި ކުރިއަށްދާނެ ކަމަ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

އާސަރަހާއަކީ މާލޭގައި ނިޔާވާ މީހުން ވަޅުލުމަށްޓަކައި ގާއިމްކުރެވުނު ތަނެކެވެ. މިއީ މާލޭގެ ހަތަރު އަވަށުގައި ބޭނުންކުރި ޤަބުރުސްތާނުތައް ފުރި، އެތަން ބޭނުންނުކުރެވޭ ހާލަތަށް ދިއުމާ ގުޅިގެން ތަރައްޤީކުރެވުނު ސަރަހައްދެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަހުމަދު ނަރީޝް މާލެ ސިޓީ ކައުންސިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ