އެމް-ފައިސާގެ ހިދުމަތް ދިނުމަށް އުރީދޫގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ޓެކްފިން މޯލްޑިވްސް އަށް ދީފި އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބުނީ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން، ރާއްޖޭގައި އިލެކްޓްރޯނިކް ފައިސާގެ ހިދުމަތް ދިނުމުގެ ހުއްދަ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ދީފައިވާ ކަމަށެވެ. އަދި ރެމިޓެންސް ސާވިސްގެ (ރާއްޖެއިން ބޭރުން ރުފިޔާ ފޮނުވުން) ލައިސެންސްވެސް ދީފައި ވެއެވެ.
މި ހިނގާ 2024 ވަނަ އަހަރުގެ މެއި މަހު އުފައްދައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިން އެމް-ފައިސާގެ ހިދުމަތް މާދަމާއިން ފެށިގެން ލިބޭނެ އެވެ.
އެމް-ފައިސާ މެދުވެރިކޮށް ބައެއް ކެފޭ އަދި ފިހާރަތަކަށް ވެސް ފައިސާ ދެއްކެ އެވެ.
އެމް- ފައިސާ އަކީ އޫރިދޫ މޯލްޑިވްސްގެ އީ-ވޮލެޓް އެވެ.