މިއަދުގެ ވަގުތެއްގައި ނިޔާޥެފައި އޮއްވާ ފެނުނީ ކުރީގެ ނޫސްވެރިޔާ އިބްރާހީމް ޖައުހަރީ (ޖައުފަރު) ކަމުގައި ފުލުހުން ބުނެފި އެވެ.
މިއަދު ޖައުހަރީގެ ހަށިގަނޑު ފެނިފައިވަނީ ދަރުބާރުގެެއާއި ދިމާލު ދެކުނު ފަރާތު މޫދު ސަރަހައްދުން ނެވެ.
ފުލުހުން ބުނީ އުސްފަސްގަނޑާއި ދިމާއިން ކަނޑުމަތީގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބުނު ކަމަށެވެ. އެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 17:05 އެހާކަށްހާއިރު އެވެ. ފުލުހުން އެ ސަރަހައްދަށް ގޮސްގެން ޖައުހަރީގެ ހަށިގަނޑު މޫދުން ނެގުމުގައި ބައެއް އާންމުން އެހީވެފައިވާ މަންޒަރު ދައްކާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ. ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ބުނެފައި ވެއެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުން ނެވެ.
ޖައުހަރީއަކީ މަޝްހޫރު ވަކީލު މަރްޔަމް ޝުނާނާގެ ބައްޕަ އެވެ. އަދި ކުރީގެ އެމްޑީޕީ އެކްޓިވިސްޓެއްވެސް މެ އެވެ.
އެމްޑީޕީއާއި ގުޅިގެން އިސްލާހީ މަސައްކަތުގައި ހަރަކާތްތެރިވި ފަރާތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޖައުހަރީ އެންމެ ފާހަގަކޮށްލެވެނީ މުޒާހަރާތަކާއި އެއްވުންތަކުގެ ފޮޓޯތައްވެސް ނެގުމުގައި އުޅުމުގަ އެވެ.
އޭނާ ވަނީ މިނިވަން ނިއުސްގެ ރިޕޯޓަރެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެފަ އެވެ.