އައްޑޫގައި އާ ޕަވާހައުސްއެއް ގާއިމުކުރަން ބިމެއް ދޭން މަޝްވަރާކޮށްފި އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިއަދު ފެނަކަ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުންފުނީގެ އިސް އޮފިޝަލުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށްފައިވާ ކަމަށެވެ.
މިބައްދަލުވުން އޮތީ މާލޭގައި ހުންނަ ފެނަކަ ހެޑް އޮފީހުގަ އެވެ.
މި ބައްދަލު ކުރެއްވުމުގައި، އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ހިންގާ ޕްރޮޖެކްޓުގެ މައުލޫމާތު ކައުންސިލާ ހިއްސާ ކުރުމުގެ އިތުރުން އެ ޕްރޮޖެކްޓަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ.
އޭޕްރީލް މަހު ފެނަކަ ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ އެކު 30 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން ހުރި އިންޖީނުގެއެއް އައްޑޫގައި ގާއިމް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ކަރަންޓް މެދުކެނޑުމަކީ އައްޑޫގެ ގުޅިފައިވާ ރަށްތައް ކަމުގައިވާ މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫ އަދި ގަމުގައި މިހާރު ހިނގަމުންދާ ކަންބޮޑުވުމެކެވެ.
އައްޑޫގެ ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެނީ ފެނަކައިން ނެވެ.
އައްޑޫ ސިޓީ ކައުންސިލް ފެނަކަ ފެނަކަ އެމްޑީ މުއާޒް މުހައްމަދު ރަޝީދު