ހުޅުމާލެ ފަރުކޮޅުފުށީގައި އެމްއެންޑީއެފް އިން މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.
އެމްއެންޑީއެފް އިން މިކަން ހާމަކޮށްފައި ވަނީ މިއަދު އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
އެމްއެންޑީއެފް އިން ބުނީ، މިރޭ ހަވަ އެރުވުމަށް ހަމަޖެހިފައި ވަނީ، 21:00 ގައި ކަމަށެވެ.
މި ހަރަކަތަކީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
އެމްއެންޑީއެފް އިން ބުނީ، ހަވާ އަރުވާނީ 3 މިނެޓުގެ ވަގުތުކޮޅަކަށް ކަމަށެވެ.