އައިޔޫއެމްގެ އިންޓަލެކްޗުއަލް އެޑްވާންސްމަންޓް ކޮންފެރެންސް ނިންމާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ގެ މި އަހަރުގެ ކޮންފަރެންސް ނިންމާލައިފި އެވެ.

މި އަހަރުގެ ކޮންފަރެންސްގައި ޖުމްލަ 402 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި 113 ރިސާޗް ޕޭޕަރު ވަނީ ކޮންފަރެންސަށް ހުށަހަޅާފަ އެވެ. މި ރިސާޗް ޕޭޕަރުތަކުގައި ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، ޤާނޫނީ ދާއިރާ އަދި މެނޭޖްމަންޓްގެ ދާއިރާ ފަދަ ތަފާތު އެތައް މުހިއްމު ދާއިރާތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ.

މި އަހަރުގެ ކޮންފަރެންސްގައި ތަފާތު ތިން ދާއިރާއަކުން، ދުނިޔޭގައި ފާހަގަކޮށްލެވޭ ތިން އިލްމުވެރިއަކު ކީނޯޓު ތަގުރީރު ދެއްވި އެވެ. އެއީ މެލޭޝިއާގެ މާސްޒްލީ މަލިކް އާއި، އެމެރިކާގެ ފިލިޕް ހެލިންޖާ، އަދި ދެކުނު އެފްރިކާގެ ޓެކާނޯ މެޓްރެޑްރޯ އެވެ.

އައިޔޫއެމްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ކޮންފަރެންސެއްގައި މިހާ ގިނަ އަދަދަކަށް ޕްރީ ކޮންފަރެންސް ވޯކްޝޮޕް ބޭއްވި ފުރަތަމަ ފަހަރެވެ.

މި ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަފާތު އެކި ދާއިރާތަކުގެ ތަޖުރިބާކާރު، ޢިލްމީ ބޭފުޅުން އެއްތަންވެ، އެބޭފުޅުންގެ ޢިލްމު ހިއްސާކޮށް، ތަޢުލީމީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކަށް ކުރިއެރުން ހޯދުމެވެ.

އައިސީއައިއޭ 2024 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިޔޫއެމްގެ ވައިސް ޗާންސެލަރ ވިދާޅުވީ މި ކޮންފަރެންސްގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި މިފަދަ ކޮންފަރެންސްތައް ކުރިއަށް އޮތް ތަނުގައިވެސް ބޭއްވުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ