ހަލީލް، ފޮރިން މިނިސްޓަރުކަމަށް ބަދަލުކުރައްވައި ޒަމީރު، ފިނޭންސް މިނިސްޓަރުކަމަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، ފޮރިން މިނިސްޓަރުކަމަށް ބަދަލުކޮށް ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެނައުމަް ރައީސް ނިންމަވައިފި އެވެ.

މި ބަދަލުތައް ގެނައުުމަށް ރައީސް ނިންމަވާފައިވަނީ މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

ވަޒީރުންގެ މަޖިލީހަށް ގެނައުމަށް ނިންމާފައިވާ ބަދަލުތައް

  • ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް، ފޮރިން މިނިސްޓަރު ކަމަށް
  • ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ފިނޭންސް މިނިސްޓަރު ކަމަށް
  • ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް، ހެލްތު މިނިސްޓަރު ކަމަށް

ނަމަވެސް ފިނޭންސް މިނިސްޓަރުކަމުގެ މަޤާމުގައި މިވަގުތު ހުންނެވި ޑރ. މުހައްމަދު ޝަފީޤް އައްޔަންކުރެއްވުމަށް ނިންމަވާފައިވަނީ ކޮން އިދާރާއަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ރައީސް އޮފީހުގައި ބާއްވާ ރަސްމިއްޔާތެއްގައި މި ބޭފުޅުން ވަޒީރުކަމުގެ ހުވާ ކުރައްވަވާނެ އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ ކެބިނެޓަށް ބަދަލު ގެންނަވާ ފުރަތަމަ ފަހަރު އެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީސް ވަޒީރުންގެ މަޖިލިސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ