ގަވާއިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ 92 ދިވެހިންނަށް ނަސޭހަތް ދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީންލައްވާ މަސައްކަތް ކުރުވާ 92 ދިވެއްސަކަށް މޯލްޑިވްސް އިމިގްރޭޝަނުން ނަސޭހަތްދީފި އެވެ.

މި ދިވެހިންނަށް ނަސޭހަތް ދީފައިވަނީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިމިގްރޭޝަން އިން ފަށާފައިވާ މާސް އިންސްޕެކްޝަންގެ މަސައްކަތުގެ ތެރެއިން އިއްޔެ ހުޅުމާލޭ ފޭސް 1 އަދި 2 ގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިންނެވެ.
އަދި އެމީހުންނަށް ލިޔުމުން ނަސޭހަތް ދީފައިވާއިރު، އެކަމަށް އެމީހުން އަމަލު ނުކޮށްފިނަމަ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
އިއްޔެ ހަވީރު އިމިގްރޭޝަންގެ 200 އޮފިސަރުން 8 ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ހާއްސަ އިންސްޕެކްޝަންގައި ޖުމްލަ 314 ތަން ބަލައި ފާސްކޮށް، 769 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށް އިމިގްރޭޝަނުންބެނެ އެވެ.
މީގެ އިތުރުން، އިމިގްރޭޝަން އިންބުނީ ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ނޯޓިސް ދީފައިވާ ކަމަށެވެ. އަދި ނޯޓިސްއާ އެއްގޮތަށް އަމަލު ނުކޮށްފިނަމަ އެ ފަރާތްތަކާ މެދު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އިއްޔެ ކުރިއަށްދިޔަ މި އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރުތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށެވެ.

އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ