ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލާއިއެކު 1600 އެއްހާ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ: ނާޒިމް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ މައި ދޮރޯށި ކަމުގައިވާ ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލާއިއެކު 1600 އެއްހާ ވަޒީފާ އުފެދިގެންދާނެ ކަމުގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިގޮތަށް ވިދާޅުވީ ރޭ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމް ވަނީ ގިނަ ދަރިވަރުންތަކެއް ދަސްވެނިވުމަކީ ވަޒީފާގެ ފުރުސަތުތައް ލިބުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އަދި ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލް އަޅާ ނިމުމުން އެކުދިންނަށްވެސް ވަޒީފާގެ ފުރުސަތުތައް ލިބުން އެކަށީގެންވާ ކަމުގައި ވިދާޅުވި އެވެ. އެގޮތުން، އެކި ގިންތީގެ 1600 އެއްހާ ވަޒީފާ އެތަނުން ހުޅުވިގެންދާނެ ކަމުގައި ނާޒިމް މައުލޫމާތު ދެއްވި އެވެ. އޭގެ ތެރޭގައި ”ޓައި އަޅައިގެން މަސައްކަތްކުރަންޖެހޭ“ ވައިޓް ކޮލާގެ ވަޒީފާތައް ހުންނާނެ ކަމުގައި އޭނާ ވިދާޅުވި އެވެ.

އެކަހަލަ ފުރުސަތަކީ ދަސްވެނިންނަށް ސިނާއަތުން ލިބެންހުރި ފުރުސަތުތަކެއްގެ ގޮތުގައި އޭނާ ސިފަކުރައްވާފައި ވެއެވެ. އަދި އެގޮތަށް ގްރެޖުއޭޓުން ފެނިގެންދިއުމަކީ ލިބިގެންދާނެ އުފަލެއް ކަމުގައި ވިދާޅުވި އެވެ.

ހަމައެއާއެކު، ޗައިނާ ސަރުކާރުގެ އެހީގައި މާލެ ސަރަހައްދުގައި އަޅާ ހޮސްޕިޓަލެއްވެސް ކުރިއަށް އޮތް ދެ ތިން އަހަރު ތެރޭގައި ހަގީގަތަކަށްވެގެންދާނެ ކަމުުގެ ޔަގީންކަންވެސް ނާޒިމް ދެއްވާފައި ވެއެވެ. ވަޒީފާގެ ބައިވަރު ފުރުސަތުތައް އިގްތިސާދު ފުޅާވެގެން އަންނަ އިރުގައި ފަހިވާނެ ކަމުގައި ނާޒިމް ވިދާޅުވި އެވެ.

ވެލާނާ އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތް ޑިސެމްބަރު މަހުގެ ތެރޭގަައި ނިމޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައި ވެއެވެ. އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ހިދުމަތްތައްވެސް މި އައު ޓާމިނަލްގައި ޤާއިމުކުރެވިގެންދާނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. 78 ހާސް އަކަ މީޓަރުގެ ބޮޑުމިނުގެ މި އައު ޓާމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރެވޭ ޓާމިނަލެކެވެ. މިއީ މިހާރު ބޭނުންކުރާ ޓާމިނަލަށްވުރެ ފަސް ގުނަ ބޮޑު ޓާމިނަލެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ