ނޭޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ނޭޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހެލްތް މިނިސްޓްރީން ގެޒެޓްގައި މިއަދު ޝާއިއުކުރި އިއުލާނެއްގައި ވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ތަމްސީލުކުރާ ބޯޑު މެންބަރެއް ހޯދުމަށް އިއުލާންކޮށްފަ އެވެ. ނޭޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގައި 10 މެންބަރުން އެކުލެވެ އެވެ. މި މެންބަރުގެ ދައުރުގެ މުއްދަތަކީ 5 އަހަރު ކަމަށް އިއުލާނުގައި ވެއެވެ. މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކާބޯތަކެތީގެ ފެންވަރާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުންނާއި ކާބޯތަކެއްޗަކީ ސިއްހަތަށް ފައިދާހުރި ތަކެތި ކަމުގައި ކަށަވަރުކުރުމާ ގުޅޭގޮތުން އޮތޯރިޓީއަށް ލަފަޔާއި އިރުޝާދާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. އަދި ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އޮތޯރިޓީއަށް ލަފާދިނުންވެސް ހިމެނެ އެވެ.

މި ބޯޑުގެ މެންބަރުކަމުގެ ހާއްސަ ޝަރުތަކީ ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިއެއް ނުވަތަ ކާބޯތަކެތީގެ ހިދުމަތްދޭ އެ ނޫންވެސް ތަނެއްގައި މަސްލަހަތެއް އޮތް މީހެއް ކަމުގައި ނުވުމެވެ. އަދި މަގާމަށް އައްޔަން ކުރުމުގައި ހިދުމަތް ލިބިގަންނަ މީހުން ތަމްސީލު ކުރާ ޖަމިއްޔާތަކުން ކަނޑައަޅާ މެމްބަރުންނަށް އިސްކަންދެވޭނެއެވެ.

ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ މެންބަރު ކަމަށް އެދި ހުށަހަޅަންޖެހެނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭހެން ތައްޔާރުކޮށްފައިވާ ސީވީއެކެވެ. އަދި މީގެ އިތުރުން ތައުލީމާއި ތަޖުރިބާ ލިބިފައިވާކަމުގެ ލިޔުންތައްވެސް ހުށަހަޅަން ޖެހެއެވެ.

މި ބޯޑަށް ނަން ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިނިސްޓްރީ އޮފް ހެލްތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ