ރާއްޖެއިން ބޭރަށް ނުގޮސް ކިޔެވުމުން ޑޮލަރު ބޭރުވުން މަދުވާނެ: ނާޒިމް

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިން ރާއްޖޭގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރުމުން ރާއްޖެއިން ބޭރުވާ ފައިސާގެ މިންވަރު މަދުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުނު ވިލާ ކޮލެޖްގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވަމުން ނެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިގްތިސާދީ މައްސަލައަކީ ބޭރު ފައިސާގެ ދަތިކަމެވެ. ނަމަވެސް ވިލާ ކޮލެޖް ފަދަ މަރުކަޒުތަކުން ރާއްޖޭގައި ތިބެގެން ކިޔެވޭނެ ފުރުސަތު ލިބުމުގެ ސަބަބުން ބޭރު ފައިސާ ރާއްޖެއިން ބޭރުވާ މިންވަރު މަދުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

”ދިވެހި ދަރިވަރުން ރާއްޖޭގައި ކިޔެވުމުން ދިރިއުޅުމުގެ ޚަރަދާއި ހުރުމުގެ ޚަރަދު އެހާ ބޮޑުނުވާނެ. އަދި ވިލާ ކޮލެޖުން ކިޔެވުމުން ކޯސް ފީގެވެސް ބޮޑު ބައެއް ސަލާމަތްވާނެ. ރާއްޖޭގައި ކޯސްތަކަށް ދައްކަންޖެހޭ ޚަރަދު ބޭރުން ކިޔެވުމަށްވުރެ އަގުހެޔޮވާނެ،“ ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން، ނާޒިމް ވަނީ ވިލާ ކޮލެޖްގެ ބާނީ، ގާސިމް އިބްރާހީމަށް ޝުކުރު އަދާކުރައްވާފަ އެވެ.

ނާޒިމް އިތުރަށް ވިދާޅުވި ގޮތުގައި މަތީ ތައުލީމުގެ ސިޔާސަތުތައް އެކުލަވާލުމުގައި ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން ބޭރުގެ ޤައުމުތަކުގެ ފާސްތަކަށް ކިޔެވުމުގެ ފުރުސަތު އޮންނަ ކޯސްތަކާއި ރާއްޖެއިން ބޭރަށް ސްކޮލަރޝިޕް ދިނުމުގެ ވިސްނުމާ ދޭތެރޭ ދިވެހިން އަލުން ވިސްނަންޖެހެ އެވެ. އަދި ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވަރސިޓީތައް ތަރައްޤީވެގެންދާނީ ރާއްޖޭގެ ޔުނިވަރސިޓީތަކުގައި ފަންޑުކުރުމާއި ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމްތަކަށް ފައިސާ ދިނުމުގައި މިފަދަ ކަންތައްތަކާ ދޭތެރޭ ދިވެހިން ޕްރޯއެކްޓިވް ސިޔާސަތެއް ގެންގުޅެގެން ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

”ސިޔާސަތުތައް އެކުލަވާލުމުގައި އަޅުގަނޑުމެންނަށް ސިޔާސީ މީހުންގެ ގޮތުގައި ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދިނުމުގެ ޔަގީންކަން އަޅުގަނޑު އަރުވަން ބޭނުންވޭ،“ ނާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވިލާ ކޮލެޖް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ