ކުރިއަށް އޮތް 3 އަހަރު ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ އަމާޒެއް: ޝަމްއާން

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެ އެވެ.

ޝައްމާން މިފަދައިން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ އިންސްޕެކްޝަން ހުޅުމާލޭގައި ފެށުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ޝަމްޢާން ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދެވޭ މަސައްކަތުން ވަރަށް ރަނގަޅު ނަތީޖާއެއް ފެންނަމުންދެ އެވެ.

”އަޅުގަނޑުމެންގެ މުޅި ޓާގެޓަކީ 3 އަހަރުގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުން. އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން މި ދަނީ،“ ޝަމްޢާން ވިދާޅުވި އެވެ.

އިތުރަށް ޝަމްޢާން ވިދާޅުވީ ގަވާއިދާ ޚިލާފަށް ސައިޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި، އަދި މަސައްކަތް ކުރުވާ ފަރާތްތައް ބަލައި ހޯދުމަށް ފަހު ގަވާއިދުގެ ތެރެއަށް ވަނުމަށް ފުރުސަތު ދެވިގެންދާނެ ކަމަށެވެ. މި އޮޕަރޭޝަންތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި، މާލޭގައި ހިންގި އޮޕަރޭޝަނާ ގުޅިގެން 90 އިންސައްތަ މީހުން ވަނީ ވިސާ ރަނގަޅުކޮށްފައި ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި ވަގުތު ގްރޭޓަރ މާލެ ސަރަހައްދު އިންސްޕެކްޓް ކުރަމުންދިޔަ ނަމަވެސް އަތޮޅުތެރެއަށް މި އިންސްޕެކްޝަން ފުޅާވެގެންދާނެ ކަމަށާއި، އެ މަސައްކަތް މިހާރު ކުރެވެމުންދާނެ ކަމަށްވެސް ޝަމްޢާން ވިދާޅުވި އެވެ.

މި މަސައްކަތަކީ ރާއްޖޭގައި އިތުރުވަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެއް ކަމަށް ބެލެވެ އެވެ. މި މަސައްކަތުގެ ސަބަބުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު މަދުވެ، ރާއްޖޭގެ އިޤްތިޞާދަށާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް ފައިދާތަކެއް ކުރާނެ ކަމަށް އުންމީދު ކުރެވެ އެވެ.

އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ