ހިތުގެ ބައްޔަށް ވާރުތަވާނެފަދަ އަލާމާތްތައް ދިވެހި ގިނަ ބައެއްގެ ކިބައިން ފެންނަމުންދޭ: ހަލީލް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ހިތުގެ ބައްޔަށް ވާރުތަވާނެފަދަ އަލާމާތްތައް ގިނަ މީހުންގެ ކިބައިން ފެންނަމުންދާ ކަމުގައި ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ އިއްޔެ ފާހަގަކުރި ހިތުގެ ބަލީގެ ދުވަހާއި ގުޅިގެން އެޗްޕީއޭ އިން ހުޅުމާލޭގައި އިންތިޒާމްކުރި ހާއްސަ ހަރަކާތުގައި ވާހަކަދައްކަވަމުން ނެވެ.

މި ހަރަކާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކުރެވިފައިވާ ދިރާސާތަކަށް ބަލާއިރުވެސް ގައިންގަޔަށް ނާރާ ބަލިތައް ގިނަ ކަމަށެވެ. އެގޮތުން، 15 އަހަރާއި 60 އަހަރާއި ދެމެދު 4.7 އިންސައްތަ ދިވެހިންނަށް ހިތުގެ ބަލި ނުވަތަ ސްޓްރޯކް ޖެހިފައިވާ ކަމަށް ރިކޯޑް ކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު މިކަން ފާހަގަކުރެއްވީ 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ކުރެވިފައިވާ ދިރާސާގެ އަލީގަ އެވެ. މި ދިރާސާގެ އަލީގައި ރާއްޖޭގެ ބޮޑު ބަޔަކީ ހިތުގެ ބަލިއަށް ވާރުތަވާނެފަދަ އަލާމާތްތައް ހުރި މީހުން ކަމުގައި މިނިސްޓަރު މައުލޫމާތު ދެއްވި އެވެ.

އިއްޔެ ފާހަގަކުރި ދުނިޔޭގެ ހިތުގެ ދުވަހާއި ގުޅުވައިގެން ހާޓް ފެޑަރޭޝަން އިން ކަނޑައެޅި ޝިއާރަށް ބަލާލި ކަމުގައިވިޔަސް، ހިތުގެ ސިއްހަތަށް ދޭ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ހިތުގެ ބަލިއަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

”ޔޫޒް ހާޓް ފޯ އެކްޝަން“- ހަރަކާތްތެރިވުމަށްޓަކައި ހިތް ބޭނުންކުރާށެވެ. އެހެންވީމާ، ހަގީގަތުގައި ހިތުގެ ސިއްހަތަކީ އިންސާނާގެ ދިރިހުރުމަށްޓަކައި އެންމެ މުހިންމު އެއް ކަންތައް. އެއީ އަޅުގަނޑުމެންގެ އަތުގައި އޮތް ކަމެއް ހިތުގެ ސިއްހަތު ރަނގަޅުކުރުމަކީ. ހިތުގެ ވިންދު ރަނގަޅު ކުރުމަކީ. ހިތުގެ ހިނގުން ރަނގަޅު ކުރުމަކީ އެއީ އަޅުގަނޑުމެންގެ އަތުގައި އޮތް ކަމެއް“ މިނިސްޓަރު ވިދާޅުވި އެވެ.

ދުނިޔޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހިތުގެ ބަލިތަކުގައި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 17 މިލިއަން މީހުން މަރުވެ އެވެ. މިއީ ކަންބޮޑުވާންޖެހޭ މިންވަރެއްގެ އަދަދެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިނިސްޓްރީ އޮފް ހެލްތް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ